ހެޕީ މާކެޓް

ބޮޑު އީދާ ދިމާކޮށް ހެޕީމާކެޓުން ޕްރޮމޯޝަނެއް

ބޮޑު އީދާއި ދިމާކޮށް ހެޕީ މާކެޓުން ފިނިކުރި ބައެއް ޕްރޮޑަކްޓްތަކުގެ އަގު ހެޔޮކޮށް ޕްރޮމޯޝަނެއް ފަށައިފި އެވެ.

ހެޕީ މާކެޓުން ބޮޑު އީދަށް ހާއްސަ ޕްރޮމޯޝަންގައި ވަނީ ސިއަރާ ބޯންލެސް ކުކުޅުގެ އެއް ކިލޯ އަދި ދެ ކިލޯގެ އަގު ހެޔޮކޮށްފަ އެވެ. މީގެ އިތުރުން ކުކުޅު ފައި އަދި ފްރެންގަސޯލް ޗިކަން ސޮސެޖުގެ އަގު ވަނީ ހެޔޮކޮށްފަ އެވެ.

ހެޕީ މާކެޓުން ބުނި ގޮތުގައި ބޮޑު އީދާއި ދިމާކޮށް މިކަހަލަ ޕްރޮމޯޝަނެއް ހިންގުމުގެ މައިގަނޑު މަގުސަދަކީ އީދު ބަންދަކީ ހުރިހާ ރަށެއްގައިވެސް ތަފާތު ގިނަ ކެއުންތަކާއި ބާބަކިއުތައް ހެދުން އާންމު ދުވަސްވަރެއް ކަމުގައިވެފައި މި ބާވަތްތައް އަގުހެޔޮކޮށް ކަސްޓަމަރުންނަށް ފަސޭހައިން ލިބޭނެ މަގުފަހިކޮށް ދިނުމެވެ.

މި ޕްރޮޑަކްޓްތަކާއި ހެޕީމާކެޓުން އެތެރެކޮށް ވިއްކާ ހުރިހާ ޕްރޮޑަކްޓްތަކެއް މާލެ، ހުޅުމާލެ، ވިލިމާލެ، އައްޑޫސިޓީ، ހދ. ކުޅުދުއްފުށި އަދި ގދ. ތިނަދޫގައި ހުންނަ ހެޕީމާކެޓްގެ ފިހަރާތަކުން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ލިބެން ހުންނާނެ އެވެ.

ހެޕީމާކެޓުން ރާޢްޖެ އެތެރެކޮށް ވިއްކާ ސިއަރާ ބްރޭންޑްގެ ޕްރޮޑަކްޓްތަކަކީ ކަސްޓަމަރުންގެ ޑިމާންޑު ބޮޑު ޕްރޮޑަކްޓްތަކެކެވެ. އެގޮތުން ސިއަރާ ބްރޭންޑްގެ އެކި ސައިޒުގެ ކުކުޅާއި ފްރެންގަސޯލް ސޮސެޖަކީ ރިސޯޓު މާކެޓާއި އާންމުންގެ މެދުގައި ވަރަށް މަގުބޫލު ޕްރޮޑަކްޓްތަކެކެވެ.

ހެޕީ މާކެޓަށް 7956711 އަދި 7372996 އަށް ގުޅުމުން ނުވަތަ އޯޑަރު ވައިބާ ކުރުމުން އޯޑަރު ނަގައި ރަށު ބޯޓަށް ހިލޭ ޑެލިވާ ކޮށްދޭނެ އެވެ.