މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ހުޅުމާލެ ޕޯޓުގެ ސެކިއުރިޓީ އިމާރާތް ހުޅުވައިފި

ހުޅުމާލޭ އިންޓަނޭޝަނަލް ޕޯޓުގެ ރައްކާތެރިކަން ވަރުގަދަ ކުރަން ސެކިއުރިޓީ އިމާރާތެއް މޯލްޑިވިސް ޕޯޓްސް ލިމިޓެޑް އިން ހުޅުވައިފި އެވެ.

ރޭ ބޭއްވި ހަފްލާއެއްގައި އެ އިމާރާތް ހުޅުއްވައި ދެއްވީ އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ އެވެ. އަދި މި ރަސްމިއްޔާތުގައި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވެސް ބައިވެރިވެވަޑައިގަތެވެ.

އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ހުޅުމާލޭގައި ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ ގިނަ ޕްރޮޖެކްޓުތަކެއް ހިންގަމުންދާތީ ޕޯޓް ޓާމިނަލުގެ ޑިމާންޑު އިތުރުވެފައިވާ ކަމަށެވެ. ޕޯޓުން ހިދުމަތް ހޯދާ މީހުންނާއި ހިދުމަތް ދޭ ފަރާތްތަކުގެ ކަންބޮޑުވުންތައް އެބަހުރި ކަމަށާއި އާ ޓާމިނަލް އިމާރާތް ހެދުމުގައި އެކަމަށް ބަލާފައި ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.