ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އައިޝަތު ނަހުލާ

އޭވިއޭޝަން ދާއިރާ އަންނަނީ ކުރިއަރަމުން

ކޮވިޑްގެ ސަބަބުން ރާއްޖޭގެ ވައިގެ ދަތުރުފަތުރަށް ލިބުނު ގެއްލުމުން އަރައިގަނެ އެ ދާއިރާ ކުރިއަރަމުން އަންނަ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނސްޓަރު އާއިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) ގެ ފަރާތުން ކޮވިޑާގުޅޭ ގޮތުން ބޭއްވި ބައްދަލުވުމުގަ އެވެ.

މިނިސްޓަރު ވިދާޅުވީ 73،000 އަށްވުރެ ވަޒީފާއަކީ އޭވިއޭޝަންގެ ދާއިރާއަށް ބަރޯސާވެފައިވާ ވަޒީފާތަކެއް ކަމަށެވެ. އަދި ކޮވިޑާއެކު އެ ދާއިރާއަށް އައި ލޮޅުމާއެކު އެހެނިހެން ގޮތް ގޮތުން ދެން ހުރި ކަންކަމަށް އަސަރުކުރިކަން ވަރަށް ރަނގަޅަށް ވަނީ ހާމަވެގެން ގޮސްފައި ކަމަށް ވިދާޅުވި އެވެ.

މިހާރު ކޮވިޑުން އަރައިގަތުމުގެ މަސައްކަތް ކުރަމުން އަންނަ އިރު ރާއްޖޭގެ ސިނާއަތްތައް ކުރިއަރަމުން އަންނަކަމަށާއި ފަތުރުވެރިކަމާއި އޭވިއޭޝަނަށް އާންމު ހާލަތަށް ރުޖޫއަވުމަށް ކުރެވެހެން ހުރި ކަންކަން ހަލުވި މިނެއްގައި ކުރަމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އުންމީދަކީ މި އަހަރު ނިމުމުގެ ކުރިން 1.3 މިލިއަން ފަތުރުވެރިން ރާއްޖެ އައުން ކަމަށް ވިދާޅުވި އެވެ. އެއީ އާންމު ހާލަތާ އަޅައިބަލާއިރު 76 ޕަސެންޓުގެ ކުރިއެރުމެއް ކަމަށް ވިދާޅުވި އެވެ.

"ރާއްޖޭގައި ވައިގެ ދަތުރުފަތުރަށް ވެސް ގިނަ ލުއި ފަސޭހަތަކެއް ވަނީ ވެފައި. ފަތުރުވެރިކަމާއި އޭވިއޭޝަންގެ މުވައްޒަފުންގެ ތެރެއިން 90 ޕަސެންޓަށް ވުރެ ގިނަ މުވައްޒަފުން ވެކްސިން ކޮވިޑް ވެކްސިން ވަނީ ފުރިހަކޮށްފައި." މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ.