ފަލަސްޠީނުގެ ހައްގުތަކަށް މަސައްކަތް ކުރަނީ ޓެރަރިސްޓް ޖަމާއަތްތަކެއް ކަމަށް ބުނެ އިޒްރޭލުން ލޭބަލް ކޮށްފައި ވާތީ ކަންބޮޑުވާ ކަމަށް އދ. އިން ބުނެފިއެވެ. އދ. އިން ހުކުރު ދުވަހު ބުނި ގޮތުގައި ފަލަސްތީންގައި ހަރަކާތްތެރިވާ ހަ ޖަމާއަތުގައި ވެސް މަސައްކަތް ކުރަނީ ޓެރަރިސްޓުން ކަމަށް ބުނުމަކީ އިންސާފެއް ނޫނެވެ.
ފަލަސްތީން އަތުން ޔަހޫދީ އިޒްރޭލުން ޖަހައިގެން ފައި އޮތް ބިމުގައި ހުންނަ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ޓެރަރިޒަމާ ދެކޮޅަށް ހަދާ ގާނޫނަކީ އިންސާނީ ހައްގުތަކަށް ހުރަސް އަޅަން ބޭނުން ކުރާ ވަސީލަތަކަށް ވެގެން ނުވާނެ އެވެ.
އދ. ގެ އިންސާނީ ހައްގުތަކާބެހޭ އޮފީހުން އިސްރާއީލަށް ގޮވާލަނީ ޖަމާއަތްތަކަށް އަދި އެ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެއްވެސް ކަހަލަ ނުފޫޒެއް ފުރައްސާރައެއް ނުކުރުމަށެވެ. އަދި އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށް ދިނުމަށެވެ. އިންސާނީ ހައްގުތަކަށް ފުރިހަމައަށް އިހްތިރާމް ކުރުމަށް ވެސް އޮތީ ގޮވާލާފަ އެވެ.
ޔޫރޯ-މެޑިޓެރޭނިއަން ހިއުމަން ރައިޓްސް މޮނިޓާއިން ބަޔާނެއް މެދުވެރިކޮށް ބުނެފައި ވަނީ އިޒްރޭލުގެ މިއަމަލަކީ ފަލަސްތީނުގެ ބިންތަކުގައި މަދަނީ އަދި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރުމުގެ ހައްގު ނިގުޅައިގަތުމުގެ ސިލްސިލާގެ އިތުރު ބޮޅެއް ކަމަށެވެ.
އެ ޖަމާއަތުން ގޮވާލަނީ ފަލަސްތީނުގެ ބިންތަކުގައި އިސްރޭލުން ހިންގަމުން ގެންދާ އަމަލުތަކާއި ގަތުލުއާންމުތައް ބޭޒާރުކުރަން ކުރާ މަސައްކަތްތައް އިތުރުކުރުމަށެވެ. އަދި ހައްގުތަކަށް މަސައްކަތްކުރާ މީހުންގެ އަޑުކަނޑުވާލަން އިޒްރޭލުން ކުރާ މަސައްކަތް ބައިނަލްއަގުވާމީ މުމުތަމައަށް އުފުލައި އިޒްރޭލަށް ޕްރެޝަރު ކުރުމަށެވެ.