އެމްޓީސީސީ

ރަކީދޫ ގޮނޑުދޮށް ހިމާޔަތް ކުުރުމުގެ މަސައްކަތް ފަށައިފި

Oct 25, 2021

ވ. ރަކީދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ކުރިއައްގެންދާ އެމްޓީސީސީން އަމަލީ މަސައްކަތް ފެށުމަށްޓަކައި އިއްޔެ ވަނީ ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައެވެ.

މި މަޝްރޫއުގެ ދަށުން 40 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖަހާނެއެވެ. އަދި 200 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ވެސް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ 9.16 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީން ބުންޏެވެ.