ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގައި އައްޑޫން މީހަކު މަރުވެއްޖެ

އައްޑޫގައި ކޮވިޑަށް ފަރުވާދެމުން ދިޔަ މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މަރުވެފައިވަނީ 86 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ މަރުވީ ރޭ މެންދަމު 12:10 ގައެވެ.

އެމީހާ މަރުވީ އައްޑޫ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް ވެސް އެޗްޕީއޭއިން ބުނެ އެވެ.

މިއީ މި މަހުގެ ތެރޭގައި ކޮވިޑްގައި ރާއްޖެ އިން މަރުވި 10 ވަނަ މީހާ އެވެ. އަދި ރާއްޖޭގެ ކޮވިޑް މަރުގެ އަދަދު 241 އަށް އިތުރުވީ އެވެ.

ރާއްޖެއިން އިއްޔެ ކޮވިޑަށް ޕޮޒިޓިވްވީ 149 މީހެކެވެ. އެ އަދަދާ އެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 87071 އަށް އަރާފަ އެވެ.