ލައިފްސްޓައިލް

މަހުޖަނެއްގެ އަނބިމީހާ އޮޓޯ ޑްރައިވަރަކާއެކު ފިލައިފި

އިންޑިޔާގެ މަދްޔަ ޕްރަދޭޝްގެ އިންދޯރުގެ ވަރަށް މުއްސަނދި މިލިއަނަރެއްގެ އަނބިމީހާ އެތައް ލައްކަ ރުޕީސްއެއް ހިފައިގެން އޮޓޯ ޑްރައިވަރަކާއެކު ފިލައިފި އެވެ. އެ އޮޓޯ ޑްރައިވަރަކާއެކު ފިލި އަންހެން މީހާއަކީ ފިރިމީހާއަށަް ވުރެ 13 އަހަރު ހަގު މީހެކެވެ.
މި އަންހެންމީހާގެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ އޭނާގެ ފިރިމީހާ އެވެ. އޭނާ ހުށަހެޅި ޝަކުވާފައި ބުނެފައި ވަނީ އަންހެނުން ފިލާފައިވަނީ އޭނާގެ ގޭގައި ރައްކާކޮށްފައި ހުރި 47 ލައްކަ ރުޕީސް ހިފައިގެން ކަމަށެވެ.

މި އޮޓޯ ޑްރައިވަރުގެ އޮޓޯގައި އަންހެންމީހާ ވަރަށް ގިނައިން ދަތުރުކޮށް ހަދާ ކަމަށް ވެއެވެ. އަދި މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން އޭނާ ވީ ތަނެއް ނޭނގޭ ކަމަށް އޭނާގެ ފިރިމީހާ ފުލުހުންނަށް ކުރި ރިޕޯޓުގައި ބުނެފައި ވެއެވެ.

މި އަންހެންމީހާ އާއި އޮޓޯ ޑްރައިވަރު ހޯދުމުގެ މަސައްކަތް އިންދޯރު ފުލުހުން މިހާރު ކުރަމުން އެބަދެ އެވެ. އަދި އެ ސަރަހައްދުގެ ހުރިހާ އަވަށްތަކެއް ފުލުހުން ޗެކް ކުރަމުންދާ ކަމަށް ވެސް މި ޚަބަރުގައި ބުނެފައި ވެއެވެ.

މި އޮޓޯ ޑްރައިވަރަކީ އިމްރާން ކިޔާ 32 އަހަރުގެ މީހެކެވެ. އިމްރާން ދިރިއުޅޭ ތަނެއް ނޭނގުނު ނަމަވެސް އޭނާގެ ރައްޓެއްސެއްގެ އަތުގައި ރައްކާ ކޮށްފައި ހުއްޓާ 33 ލައްކަ ރުޕީސް މިހާރު ފުލުހުން ވަނީ ހޯދާފަ އެވެ. ނަމަވެސް އަންހެންމީހާ އާއި އޮޓޯ ޑްރައިވަރުގެ ޚަބަރެއް އަދި ނުވެ އެވެ.

އަންހެންމީހާގެ ފިރިމީހާއަކީ އެ ހިސާބުގަނޑުގައި ގިނަ އަދަދެއްގެ ދަނޑު ބިންތައް އޮންނަ ވަރަށް ބޮޑު މުއްސަންޖެކެވެ.