ލ. އަތޮޅުގައި އެއްފަހުން ގުޅިފައިވާ ރަށްތަށް ހިމެނޭ ލާމްލިންުކްގައި އެ އަތޮޅު ގަމަށްވީ ބައިގައި ދުއްވީ ފުލުސް ކާރެއް ފުރޮޅާލައި މީހަކަށް އަނިޔާ ވެއްޖެ އެވެ.
ފުލުސް އިދާރާއިން ބުނީ ކާރު ދުއްވަން އިން ފުލުސް މީހާއަށް އަނިޔާ ވެގެން ގަމު ރީޖީނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އޭނާއަށް ލިބުނު ގެއްލުމުގެ އެއްވެސް ތަފުސީލެއް ނުދެ އެވެ.
ފުލުހުން ބުނީ އެ ހާދިސާއާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. ފުލުހުންގެ ވެހިކަލްތަކާ ގުޅުންހުރި އެކްސިޑެންޓްތައް މަދުން ނަމަވެސް ރާއްޖޭގައި ހިނގަ އެވެ.