ލ. ގަން

ގަމުގައި ދުއްވާފައި ދިޔަ ކާރެއް މޫދަށް ވެއްޓިއްޖެ

Jul 28, 2022
1

ލ. ގަން ތުނޑި އަވަށުގައި ދުއްވާފައި ދިޔަ ކާރެއް އެ އަވަށުގެ ބަނދަރަށް ވެއްޓިއްޖެ އެވެ.

ފުލުހުން މިއަދު ބުނީ ކާރު މޫދަށް ވެއްޓުނީ ދުއްވާފައި ދަނިކޮށް ގަލަކަށް އެރި، ކޮންޓްރޯލުން ނައްޓައިގެން ކަމަށެވެ.

ކާރު ގަލަށް އެރި ވަގުތު ދުއްވަން އިން މީހާއަށް ރޭސްއަށް ފިއްތައިލެވުނީ އެވެ. ކާރު ދުއްވަން އިނީ އަންހެނެކެވެ.

ކާރު ދުއްވަން އިން މީހާ މިހާރު ވަނީ ސަލާމަތްކޮށްފަ އެވެ. އެމީހާއަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ވަނީ ޔަގީން ކޮށްދީފަ އެވެ. ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު 10:00 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

ރާއްޖޭގައި ފަހުގެ ތާރީހުގައި ނުރައްކާތެރި ކާރު އެކްސިޑެންޓްތައް ހިނގާފައި އެބަހުއްޓެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގައި ވެސް އެފަދަ ނުރައްކާތެރި އެކްސިޑެންޓްތަކުގައި މީހުން މަރުވެފައިވެ އެވެ.