ހަބަރު

އަންނަ އަހަރު ކުރީކޮޅު ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ ގޯތިތައް ދޫކުރަން ފެށޭނެ: އެޗްޑީސީ

Jan 18, 2015

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކާ ބިމުން އަންނަ އަހަރުގެ ކުރީކޮޅު ގޯތި ދޫކުރެވެން ފެށޭނެ ކަމަށް ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރު ސުހެއިލް އަހުމަދު އިއްޔެ ވިދާޅުވީ ދެ ވަނަ ފިޔަވަހީގައި 240 ހެކްޓަރުގެ ބިމުން ގޯތި ދޫކުރާނީ ކުރިޔެކޭ އެއްގޮތަށް ބީލަމުގެ އުސޫލުން ކަމަށެވެ. ނަމަވެސް ދެވަނަ ފިޔަވަހީގައި ހިއްކާ ބިމުން ދޫކުރާ ގޯތީގެ ބީލަން ފެށޭ އަގު ބޮޑު ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސުހެއިލް ވިދާޅުވީ މާކެޓްގައި މިހާރު ހުރި އަގުތަކަކީ ވަރަށް "އާޓިފިޝަލް" އަގުތަކެއް ކަމަށެވެ. ނަމަވެސް އެޗްޑީސީން ބަލާނީ ހަރަދުތައް ކަވަރުވާނޭހެން ރަނގަޅު އަގުތަކެއްގައި ގޯތި ދޫކުރެވޭނެ ގޮތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.