ކޮވިޑް ފެސިލިޓީއަކަށް ވަދެ ފޯނެއް ވަގަށް ނެގި މީހަކު ހޯދަން ފަށައިފި އެވެ.
ފުލުހުންގެ ވެބްސައިޓްގައި ވަނީ ފޯން ނެނގި ކަމަށް ތުހުމަތުވާ މީހާގެ ފޮޓޯ އާންމު ކޮށްފަ އެވެ. އެކަމަކު ފުލުހުން ކުރި މައްސައްކަތުން އެއީ ކާކުކަން ދެނެގަނެވިފައެއް ނުވެ އެވެ.
ފުލުހުން އެ މީހާ ހޯދަނީ މިދިޔަ ސެޕްޓެމްބަރު ނުވަވަނަ ދުވަހުގެ ވަގުތެއްގައި މަސްވެރިންގެ ޕާކު ތެރޭގައި ހުރި ކޮވިޑް ފެސިލިޓީން ފޯނެއް ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވިގެނެވެ.
އެ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ އެ މައުލޫމާތެއް ހިއްސާ ކުރުމަށް ފުލުހުން އެދިފައިވެ އެވެ.