އެމްއެންޑީއެފް

ހަތިޔާރު ބޭނުންކުރާ ތަމްރީނެއް ފަށާތީ ދަތުރުކުރާ މީހުން ސަމާލުވާން އަންގައިފި

Oct 27, 2021

ލ. ކައްދޫގައި ސިފައިން ކުރިއަށް ގެންދަން ނިންމާފައިވާ ނައިޓް ފަޔަރިން ތަމްރީން ހިނގަމުންދާ ދުވަސްވަރު ދަތުުރުފަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން އިލްތިމާސް ކޮށްފި އެވެ.

ސިފައިންގެ ތަމްރީން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މިމަހުގެ 30 އިން އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށެވެ.

ކައްދޫ ޓްރޭނިން ސެންޓަރުގެ ފަޔަރިން ރޭންޖުގައި ތަމްރީންތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އިރުއޮއްސި 6:00 އިން ރޭގަނޑު 11:59 އަށެވެ.

ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތް

  • ބޭނުންކުރާ ހަތިޔާރު / ޕައިކޯޓެކްނިކްސް: އޭކޭ ސީރީޒް ރައިފަލް / ފްލެއާސް
  • ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ދުރުމިން: 5000 މީޓަރު
  • ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން: 300 މީޓަރު
  • ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން: ސީ.ލެވެލް
  • ވައިގެ ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަން: ކައްދޫ ޓްރޭނިން ސެންޓަރުގެ ރޭންޖުން އިރުދެކުނު

"ވީމާ މި ސަރަހައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުފަތުރު ކުރެއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އާއްމުކޮށް އަންގަމެވެ." އޮތޯރިޓީގެ އިއުލާންގައިވެ އެވެ.

ސިފައިންގެ ތަމްރީނެއް ފެށުމަށް ތައްޔާރުވަމުން ދިޔަ ނަމަވެސް ސިފައިން އަދި އެ މައުލޫމާތު ހާމަކޮށްފައެއް ނުވެ އެވެ.