ޓްރާންސްޕޯޓް އޮތޯރިޓީ

ހަތިޔާރާ އެކު ތަމްރީނެއް ފަށާތީ ސަމާލުވާން އަންގައިފި

Dec 9, 2021

އައްޑޫ ސިޓީގައި ސިފައިން ކުރިއަށް ގެންދަން ނިންމާފައިވާ ނައިޓް ފަޔަރިން ތަމްރީން ހިނގަމުންދާ ދުވަސްވަރު ދަތުުރުފަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން އިލްތިމާސް ކޮށްފި އެވެ.

ސިފައިންގެ ތަމްރީން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މިމަހުގެ 12 އިން 18 އަށެވެ.

އައްޑޫ ސިޓީގެ ގަމުގައި ހުންނަ ސިފައިންގެ ޓްރޭނިން ސެންޓަރުގައި ތަމްރީންތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އިރުއޮއްސި 6:30 އިން ރޭގަނޑު 11:00 އަށެވެ.

ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތް

  • ބޭނުންކުރާ ހަތިޔާރު / ޕައިކޯޓެކްނިކްސް: 9 އެމްއެމް ބްރައުނިން ޕިސްޓަލް
  • ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ދުރުމިން: 1700 މީޓަރު
  • ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން: 200 މީޓަރު
  • ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން: ސީ ލެވެލް
  • ވައިގެ ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަން: ގަން ޓްރޭނިން ސެންޓަރުގެ ރޭންޖްއިން ހުޅަނގު ދެކުނު

"ވީމާ މި ސަރަހައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުފަތުރު ކުރެއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އާއްމުކޮށް އަންގަމެވެ." އޮތޯރިޓީގެ އިއުލާންގައިވެ އެވެ.

ސިފައިންގެ ތަމްރީނެއް އައްޑޫގައި ފެށުމަށް ތައްޔާރުވަމުން ދިޔަ ނަމަވެސް ސިފައިން އަދި އެ މައުލޫމާތު ހާމަކޮށްފައެއް ނުވެ އެވެ.