ފޭސްބުކް

ޒުކަބާކް އޭނާގެ އަލަތު ދަރިފުޅަށް ލޯތްބާއި އެކު

ލޯބިވާ މެކްސް އަށް!

ދަރިފުޅުގެ މަންމަ އާއި ބައްޕަގެ މުސްތަޤުބަލަށް ތިޔަ ދިން އުންމީދު، ބަޔާން ކޮށްދޭނެ ލަފްޒުތަކެއް އަދި ނޭގެއެވެ. ދަރިފުޅުގެ އައު ހަޔާތް ވަނީ އުންމީދު ތަކުން ފުރިފައެވެ. އަދި އަހަރެމެންގެ އުއްމީދަކީ ދަރިފުޅު އުފަލާއި އެކު ރަނގަޅު ސިއްޙަތެއްގައި ހުރެ މި އުއްމީދު ތައް ފުރިހަމަވާތައް ދެކޭނެ ކުއްޖެއް ކަމުގައި ވުމެވެ. ދަރިފުޅު ދުނިޔެއަށް އައުމަކީ މި ދުނިޔެއާއި މެދު ނަޒަރު ހިންގުމަށް މެދުވެރިވި ސަބަބެކެވެ.

ކޮންމެ މަޔަކުވެސް އެދޭނެ ފަދައިން، އަހަރެމެންގެވެސް އެދުމަކީ މިއަދަށްވުރު ފަހި ފާގަތި ދުނިޔެއެއްގައި ދަރިފުޅު ބޮޑުވެގެން އައުމެވެ.

ގިނަ ޙަބަރު، ސުރުހީ ތަކުގައި ދުނިޔޭގަ ހިނގާ ގޯސްކަންތަކަށް ގެނެސްދިން ނަމަވެސް އެތަައް ގޮތަކުން ދުނިޔެ ދަނީ ތަރައްޤީވެ ކުރި އަރަމުންޏެވެ. ސިއްޙީ ނިޒާމް ކުރިއަރަމުންދާ އިރު ފަޤީރުން ދަނީ މަދުވަމުންޏެވެ. އިލްމްގެ އަލި ފެތުރެމުންދާ އިރު ގިނަ ބަޔަކު ދަނީ ގުޅި ލާމެހެމުންޏެވެ. ޒަމާނީ ޓެކްނޮލޮޖީ ހުރިހާ ދާއިރާ އަކުން ކުރި ހޯދަމުންދާ ކަމީ ދަރިފުޅުގެ ހަޔާތަކީ އަހަރެން މިއަދު މިދެކޭ ދުވަހަށް ވުރެ ބޮޑުތަނުން ހެޔޮ ބަދަލެއް ގެނުވާނެ ކަމުގެ ހެއްކެކެވެ.

އަދައްވުރެ ފަހި މާދަމާ އެއް ހޯދުމަށް އަހަރެމެން ޒިންމާ މި ނަގަނީ ހަމަ އެކަނި ދަރިފުޅު ދެކެ ވާ ލޯބީގެ ބޮޑު ކަމަކުން ނޫނެވެ. އަންނަން އޮތް ޖީލަށްޓަކައި ކޮންމެހެންވެސް ނަގަން ޖެހޭ ޒިންމާއެއްކަމުގައި ދެކިގެންޏެވެ.

ހުރިހާ އިންސާނުންނަކީ ހަމަ ހަމަ ބައެއްކަމުގައި އަހަރެމެންދެކެެމެވެ. މި ޖީލްގެ އެންމެން ހިމެނޭގޮތުން ދެން އަންނަ ޖީލްތަކުގެ މީހުންވެސް ހިމެނުމާއި އެކުގައެވެ. ދިރިއުޅުމުގެ ފެންވަރު މަތި ކުރުމަށް މިއަދުގެ މުޒްތަމައުއަށް އިންވެސްޓް ކުރަން މިވަނީ ޖެހިފައެވެ. ހަމަ އެކަނި ދުނިޔޭގަ ތިބި މީހުންގެ އިތުރުން ދެން އުފަންވާނެ މީހުންވެސް ހިމެނިގެންޏެވެ.
އެހެނަސް މިއަދު އަހަރެމެންގެ ހުރި ވަސީލައްތަކުގެ ބޭނުން ކުރަމުން މިދަނީ އަންނަން އޮތް ޖީލްތަކަށް ހުރި ބޮޑެތި ފުރުސަތުތައް އަދި ކުރިމަތިވާނެ މައްސަލަތައް ހައްލުވާނެ މިސްރާބަކަށް ނޫނެވެ.

ޖެހޭ ބަލިތައް ނަގަމާ ހިންގާށެވެ. ފުރަތަމަ ކަަމަކީ ދަރިފުޅު ބަލިވިޔަ ނުދިނުމެވެ. އަކަމަށް ކުރަންޖެހޭ ކަމަކީ މިއަދު މުޒުތަމައުގައި ބަލިތަކަށް ފަރުވާ ދިނުމަށް އިންވެސްޓް ކޮށްފަ ވާ ވަރަށް ވުރެ 50 ގުނަ އިތުރަށް ބަލިތައް ދެނެގަތުމަށް އިންވެސްޓް ކުރުމެވެ.

ބޭސްވެރިކަން ހަޤީޤީ ސައިންސާއި ރަންގަޅަށް ގުޅުނުތާ އަދި 100 އަަހަރެއް ނުވެއެވެ. އެހެނަސް ފުރިހަމަ ފަރުވާ ތައް ވަނީ ބައެއް ބަލިތަކަށް ހޯދިފައެވެ. އަދި އެހެން ބަލިތަކުގެ ފަރުވާ އަށް ބޮޑު ކުރިިއެރުމެއް ވަނީ ހޯދިފައެވެ. ޒަމާނީ ޓެކްނޮލޮޖީ، އިތުރަށް ތަރައްގީ ކޮށް ގިނަ ބަލިތަކެއް ނުވަތަ ހުރިހާ ބަލިތަކެއްގެ ފަރުވާ ކުރިއަށް 100 އަހަރުގެ ތެރޭގައި ހޯދިދާނެއެވެ.

މިއަދު ގިނައިން މީހުން މަރުވަނީ 5 ވައްތަރެއްގެ ބަލި ޖެހިގެންޏެވެ. އެއީ ހިތުގެ ބަލި، ކެންސަރު، ހިތް ހުއްޓިގެން، އަދި ގައިންގަޔަށް އަރާ ބަލީގެ އިތުރުން ނިއުރޯދިޖެނެރޭސަން ބަލީގައެވެ. އަހަރެމެންނަށް މި ބަލިތަކާއި އެހެން ބަލިތަކަށް ފަރުވާއެއް ހޯދުން އަވަސް ކުރެވިދާނެއެވެ.

ދަރިންގެ ދަރިން ބަލިތަކުން ސަލާމަށް ކުރުމަށް އިތުރަށް އިންވެސްޓް ކުރަން ޖެހޭކަން ދަރިފުޅުގެ މަންމަ އާއި ބައްޕައަށް ގަބޫލު ކުރެވުމުން އެކަން ހަޤީޤަތަކަށް ހެދުމަށްޓަކައި ނަގަންޖެހޭ ޒިންމާ ނަގާނަމެވެ.

ބަލި ފަސޭހަ ކުރުމަށް ވަގުތު ނަގާނެއެވެ. 5 އަަހަރު ނުވަތަ 10 އަހަރުގެ ކުރު މުއްދަތުގައި މާބޮޑު ތަފާތެއް ނުދެއްކިދާނެއެވެ. އެހެން ނަމަވެސް މިއަދު އިންދި ގަސްތައް ހެދި ދިގު މުއްދަތެއްގައި ދަރިފުޅާއި ދަރިފުޅުގެ ދަރިން ބަލިތަކުން ދުރުވެފައިވާ ތައް ދެކެން ބޭނުން ވެއެވެ.

މިފަދަ އެތަކެއް ފުރުސަތު އެބަހުއްޓެވެ. މުޒުތަމައު ހަކަތައާއި ނަޒަރު ހިންގަންވީ މިފަދަ ގޮން ޖެހުންތަކުން އަރައިގަނެ ދަރިފުޅުމެންގެ ޖީލަަށް ރަނގަޅު ދުވަހެއް ހޯދަދިނުމަށެވެ.

އަަހަރެމެންގެ އުންމީދަކީ އަންނަށް އޮތް ޖީލަށްޓަކައި ދެކަމަކަށް މަސައްކަތް ކުރުމެވެ.
އިންސާނާ ތަރައްޤީ ކޮށް ހަމަ ހަމަ ކަށް ކުރިއެރުވުން،

އިންސާނާ ތަރައްކީ އިންސާނާގެ ހަޔާތް ބާއްޖަވެރި ކުރެވޭނެ އުފެއްދުންތެރި ކަމުގެ މިންތައް މިހާރަށްވުރެ ކުރިއަށްޖެއްސުމެވެ.

މިއަދު އަހަރެމެން އުންގެނި، އަޒުމަބަލާ ކަންކަން 100 ގުނަ އަވަހަން ނުވަތަ އިތުރަށް ދަރިފުޅަށް ކުރެވިދާނެ ތޯ؟
ބަލިތަކަށް ރަނގަޅު ފަރުވާ މިއަދު ހޯދަ ދިނުމުން ރަންގަޅު ސިއްޙަތެއްގައި ދަރިފުޅުގެ އުމުރު ދިގުވެ ގިނަ ދުވަހު ދުނިޔޭގަ ހެރެދާނެ ތޯ؟

އެކިބައްރުތައް ގުޅުވާލުމުން ދަރިފުޅު ބޭނުންވާ މައުލޫމާތާއި ހިޔާލުތައް ހޯދުމަށް ފަސޭހަ ކަމާއި އެކު މީހުންނާއި ގުޅި ފުރުސަތު ތައް ނުހޯދޭނެ ތޯ؟

އަހަރެމެން މިއަދު މިބޭނުން ކުރާ ހަކަތައިން ތިމާވެށި ހިމާޔަތް ނުކުރެވިގެން ދާއިރު އެކަން ރަމަތަ ކޮށް ތިމާވެށި ރައްކާ ކުރެވޭނެ ސާފު ހަކަތައެއް ހޯދުމަށް ދަރިފުޅަށް އައު ގޮތެއް ތަކެއް ހޯދިދާނެތޯ؟

އަހަރެމެން މިއަދު ވިޔަފާރިއަށް ފަހި މާހައުލެއް ދަރިފުޅަށް ހޯދަ ދިނުމުން މާދަމާ ދަރިފުޅު ބޭނުން ކޮންމެ ވިޔަފާރި އެއް ތަރައްޤީ ކޮށް އަމާންކަމާއި ސުލްހަ މަސަލަސްކަމަށް ހުރި ގޮންޖެހުންތަކާއި ކުރިމަތި ލެވިދާނެތޯ؟

އިންސާނުންގެ ހަމަ ހަމަ ކަން ކުރިއެރުވުމަކީ ވަކި ޤައުމަކަށް، ވަކި އާއިލާއަކަށް ނަސްލަކަށް ބެލުމެއްނެތި ހަމަ ހަމަ ފުރުސަތު ހުރިހާ އެންމެނަށް އޮތުމެވެ. އަހަރެމެންގެ މުޖުތަމައު މިކަން ކުރަންޖެހެނީ ހަމަ އެކި އިންސާފް ހޯދަދިނުމާއި އެހީތެރިކަމުގެ ގޮތަކުން ނޫނެވެ. އިންސާނީ ނަސްލު ކުރިއެރުވުމަށެވެ. މިއަަދު އަހަރެމެންގެ ހުނަރާއި ކުޅަދާނަކަން ނާޒާއިޒް ގޮތުގަ ފޭރިގަަނެފަ ވާއިރު އެކަމުގެ ވޭންދަނީ ލިބެމުންނެވެ.

އާ ހިލާލު ތަކާއި ހުނަރު އަދި ކުޅަދާނަ ކަން ކުރިއެރުވުމަށް އެއްބާރުލުން ދެވޭނެ ފަދަ ފުރިހަމަ މަގެއް ހޯދަދިނުމަނީ ދުނިޔޭގެ ކޮންމެ މީހަކަށްވެސް ކަންކަން ހާސިލް ކުރުމަށް އޮތް ހަމައެކަނި ގޮތް ނޫންތޯ؟ މިއަދުގެ ޖީލް ފަކީރު ކަމާއި ބަނޑުހައި ހޫނު ކަމުން މިންޖުކުރެވިދާނެތޯ.؟ އަންމެހާ އިންސާނުންނަށް އަސާސީ ބޭސްފަރުވާ ފޯރުކޮށްދެވިދާނެ ތޯ؟ މަރުޙަބާ ކިޔާ އެންމެން ގުޅިގެން އުޅެވޭނެ މުޒުތަމައްއެއް ބިނާ ކުރެވިދާނެތޯ.؟ ހުރިހާ ޤައުމެއްގެ ރައްޔިތުނަކީ ސުލްހަ އަށް ލޯބިކުރާ ޤާތް ގުޅުން ތަކެއް އޮންނަ ބަޔަކަށް ހެދިދާނެތޯ.؟ ހަޤީގަތުގަވެސް އެންމެން ބާރުވެރި ކުރެވިދާނެތޯ، އަންހެނުންނާއި ކުޑަކުދިން، ކުދި އާބާދީތަކާއި ހިޒުރަ ކުރާ އަވައްޓެރިންނާއި އަދި މުޒުތަމައުއާއި ނުގުޅި ތިބި ފަރާތްތައްވެސް ހިމެނޭ ގޮތަށް.؟

މިއަދުގެ މުޒުތަމައު ރަނގަލު އިންވެސްޓްމަންޓް ތަކެއް ކޮއްފި ނަމަ މަތީގައިވާ ހުރިހާ ސުވާލެއްގެ ޖަވާބަކީވެސް އާއެކެވެ. އަދި ދަރިފުޅުގެ ހަޔާތުގައި އެކަން ކުރެވުމަކީ އުންމީދެކެވެ.

މި މިސަން : އިންސާނާ ގެ ކުޅަދާނަކަށް ތަރައްޤީ ކުރުމާއި ހަމަ ހަމަ ކަން ކުރިއެރުވުމަށް އައު ގޮތްތަކެއް ހޯދައި މަންޒިލަށް ވާސިލް ވުމަށް ލަނޑުދަނޑި ތަކެއް ކަންޑައަޅަށް ޖެހެއެވެ. އެގޮތުން އަހަރެމެންގެ އިންވެސްޓްމަން 25 އަހަރަށް 50 އަހަރަށް ނުވަތަ 100 އަހަރަށް އަމާޒުކޮށްގެން ކުރިއަށް ގެންދަން ޖެހެއެވެ. ބޮޑެތި ގޮންޖެހުން ތައް ޙާސިލް ކުރުމަށް ދިގުމުއްދަތެއްގެ މިސްރާބް ހިފަންޖެހެއެވެ. ކުރު މުއްދަތަކުން މިކަންކަން ހާޝިލެއް ނުވާނެވެ.އެހެން ކަމުން ގިނަ މީހުންނާއި ގުޅިގެން އެކުގައި އެމީހުންނަށް ހިދުމަތް ކޮށްދޭން ޖެހެއެވެ. ނޫންނަމަ އެ މުޖުތަމައުގެ މީހުން ބާރުވެރި ކުރުމުގައި އޮޅުން ތަކެއް އަރާ، ބޭނުންތަކާއި އެދޭ ގޮތްތަށް ނޭގިދާނެވެ.

ބަދަލެއް ގެނައުމަށް އައު ޓެކޮނޮލަޖީ އުފައްދަން ޖެހެއެވެ. ގިނަ ބަޔަކު ބޮޑެތި އިންވެސްޓްތަކެއް ކޮށް މިގޮންޖެހުން ތަކުން އަރައިގަތުމަށް ދަނީ މަސައްކަތް ކުރަމުންޏެވެ. އެހެން ނަމަވެސް އައު އީޖާދު ތަކެއް ކޮށްގެން ނޫނީ ކުރިއެރުން ހޯދޭކަން ނެތެވެ.

ގިނަ ބަޔަކު ބައިވެރިވާ ބަހުސް ތަކެއްގެ ތެރެއިން ނޫނީ ރަނގަޅު ޕޮލިސީ ތަކެއް ކަނޑައެޅިގެން ނުދާނެއެވެ. އެހެން ނަމަވެސް ގިނަ ބަޔަކު މިކަމަށް އަދިވެސް މަގެއް ނުދައްކައެވެ. ނަމަވެސް ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރިއަށް ގެންދިއުމަށް އެންމެން ބައިވެރިވާ ބަހުސް ތަކެއް ބޭއްވެން ޖެހެއެވެ. ކޮންމެ ދާއިރާ އެއްގައިވެސް މިނިވަން ކަމާއި އެކު ވަރުގަދަކޮން ތިބި ލީޑަރުންނަށް މަދަދުޤާރުވާން ޖެހެއެވެ. ކަމުގެ މާހިރުންނާއި ބައިވެރިވުމަކީ މި މިސަން ހާސިލް ކުރުމަށް އަމިއްލަ އަށް އުލުމަށްވުރެ ކާމިޔާބު ލިބޭނެ ފަސޭހަ ގޮތެކެވެ. އެހެން ކަމުން މިއަދު ކުރިމަތި މިލާ އުންދަގޫ ތަކަކީ މާދަމާއަށް ދަސްކުރާ ފިލާވަޅެވެ. އަދިވެސް ލަފަތުގައި ތިބެ ކުރަމުން މިދާ ގިނަ ކަންކަން ހާސިލްވެފައެއް ނުވެއެވެ. އެހެނަސް ކަންކަން ރަނގަޅު ކުރުމަށް ގިނަ އަޑުތަކެށް އަހައިގެން ކުރިއަށް ދާންޖެހެއެވެ.
….

އަހަރެމެންގެ ތަޒުރިބާ އިން އެކަނިި ތިބެ ކިޔެވުމާއި އިންޓަނެޓްގެ ވަސީލަތާއި މުޒުތަމައުއަށް ދެވޭ ތައުލީމާއި، ސިއްހީ ހިދުމަތް ވަނީ ވަކި ގޮތަކަށް ތަރުތީބް ކުރެވި ކަނޑައެޅިފައެވެ.

މިޖީލްގެ ކުދިން ބޮޑެތިވެގެން މިދަނީ ކުލާހުގައި ތިބެ އެންމެން އެކައްޗެއް ކިޔަވައިގެންޏެވެ. ސައުޤުވެރިވާ، ނުވަތަ ބޭނުންވާ ކަމެއް ކިޔެވުމުގެ ފުރުސަތު ނުލިބިއެވެ.

އެހެން ނަމަވެސް ދަރިފުޅުމެންގެ ޖީލަށް ކަނޑައެޅިފަވާ ލަނޑު ދަނޑިއަކީ އަމިއްލައަށް ބޭނުންވާ މީހަކަށް ވުމެވެ. އިންޖިނިއަރަކަށް ނުވަތަ ހެލްތް ވޯކަރަކަށް ނޫނީ ލިއުންތެރި އަކަށް އަދި މުޖުތަމައު ބަލައިގަންނަ އިސް ލީޑަރަށްވެސް ވެވިދާނެވެ. ދާންބޭނުންވާ މިސްރާބް ކަނޑައެޅުމަށާއި ކިޔެވުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައްވަނީ ދަރިފުޅުމެންނަށް ހޯދިފައެވެ. އަވަސްކަމާއި އެކު ގޮންޖެހުންތައް ދެނެގަނެ ދާންބޭނުންވާ އަދި އެންމެ ގަޔާވާ ކިޔެވެލި ކިއެވުމަގު ހޯދޭނެއެވެ. ސުކޫލުގައި ކިޔަވައިދނުދޭ މާއްދާތައްވެސް ކިޔެވޭނެއެވެ. ޓީޗަރުން ވެގެންދާނީ ފުރިހަމަ ވަސީލަތްތައް ލިބިފަވާ ދަރިފުޅު ދާންބޭޏުންވާ މިސްރާބަށް ވާސިލް ކޮށްދިނުމަށް އެހީވެދޭނެ ކަމުގެ ހުނަރު ހުރި ފަރާތަކަށެވެ.

ދުނިޔޭގެ މޮޅެތި ދަރިވަރުން އެކަނި ކިޔެވުމަށް އިންޓަނެޓްގެ ވަސީލަތްތައް ބޭނުން ކުރެވިގެންދާއިރު ކައިރީގަ މޮޅު ސުކޫލެއް ނުހުރެދާއެވެ. ކޮންމެ ފަރާތަކަށްވެސް ޓެކޮނޮލޮޖީގެ ވަސީލަތް ތަކުގެ އިތުރުން ހަޔާތެއް ފެށުމަށް ފުރިހަމަ ފުރުސަތު ލިބިގެންދާއިރު ތަފާތު ވަސީލަތްތަކާއިއެކު އަމިއްލައަށް ކިޔެވުމަށްވެސް ހަމަ ހަމަ ފުރުސަތު ތަކެއް ލިބިގެންދާނެވެ.

ފުރިހަމަ ނަތީޖާއެއް ހޯދޭނެ ކަމުގެ ޔަޤީން ކަމާ އެކު މިއަދު އަހަރެމެން މިފަށަނީ އަމިއްލައަށް އެކަނި ތިބެގެން ކިޔެވޭނެ ވަސީލަތްތައް އުފެއްދުމަށެވެ. ހަމަ އެކަނި ޓެސްޓް ތަކުގައި މޮޅު ނަތީޖާ ކުދިން ހޯދުމުގެ އިތުރުން ޙުނަރާއި އަމިއްލަ ނަފްސައް އޮންނަ އިތުބާރު ހޯދުމާއި ބޭނުން ކޮންމެ ތައުލީމެއް ލިބިގަތުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުމަށެވެ. މި ދަތުރު އަދި މިފެށުނީއެވެ. ދަރިފުޅު ސުކޫލުގައި ކިޔަވަމުންދާއިރު މި ވަސީލަތްތަކާއި ހޯދުންތައް އިތުރަށް ފުރިހަމަވެ ކުރިއަރަމުންދާނެއެވެ.

ދަރިފުޅުގެ މަންމައާއި ބައްޕަ ކުދިންނަށް އަމިއްލައަށް ކިޔެވުމަށް ހަދަން ޖެހޭނެ ގޮތްތައް މިދަނީ ކިޔައިދެމުންނެވެ. ހަމަ އެއާއި އެކު ތައުލީމްދިނުމުގައި ވަށައިގެން ތިބި ލީޑަރުންނާއި އެކު އަމިއްލަ އަށް އުނގެނޭ ތައުލީމަށް ބަދަލް ވާނެ ގޮތް ތަކާއި މެދު މިދަނީ މަސްވަރާ ކުރަމުންޏެވެ. މުޒުތަމައުގެެ ބައިވެރިވުން ބޭނުން ވެއެވެ. އެހެން ކަމުން ސެންފުރެސް ސިސްކޯގެ ބޭ އެރިޔާއިން ފަށާނަމެވެ. މިކަމަށް ތަފާތު ހިޔާލް ތައް ބޭނުންކޮށް އައު ޓެކްނޮލޮޖީ އުފައްދަން ޖެހެއެވެ. ހަމަ އެކާއި އެކު ދަސްކުރުމާއި އެކު ގޯސް ތަކެއްވެސް ހެދިގެން ނޫނީ ލަނޑުދަނޑިއަށް ވާސިލްއެއް ނުވާނެކަންވެސް ދަންނަންޖެހެއެވެ.
އެހެން ނަމަވެސް މިކަން ފެށިގެން މިއަންނަނީ ދަރިފުޅުުމެންގެ ޖީލަށްޓަކައެވެ. މުޖްތަމައުގެ ޒިންމާތައް ހަނދާ ކުރަމުން މުސްތަޤްބަލަށްޓަކައި ކުރެވޭ މި އިންވެސްޓްމަންޓް ހަޤީޤަކަށް ހެދުމަށެވެ.

އެންމެން އެކުވެގެން މިކަން ކުރެވޭނެއެވެ. އަމިއްލައަށް ތައުލީމް ހޯދުމުގެ ވަސީލަތް އެހީތެރިވެދޭނީ ފެންވަރު ރަނގަޅު ސުކޫލްތަކުގައި ތިބި ކުދިންނަން އެކަނި ނޫން ކަމާއި މި ވަސީލަތް ވެގެންދާނީ އިންޓަނެޓްގެ ހިދުމަތް ލިބޭ ކޮންމެ ކުއްޖަކަށްވެސް ހަމަ ހަމަ ކޮން ލިބޭ ފުރުސަތަކަށެވެ.
.....

ދަރިފުޅުމެންގެ ޖީލުގެ އެންމެންނަކީ އިންޓަނެޓް ބޭނުންކުރާ ބަޔަކަށް ހެދުމުން، އިތުރު ފުރުސަތު ތަކެއް ލިބިގެން ދާނެއެވެ. ބައެއް މީހުން އިންޓަނެޓް ދެކެނީ މުއާސަލާތު ކުރުމާއި މުނިފޫހި ފިލުވުމަށްއޮށް މަގެއް ކަމުގައެވެ. ނަމަވެސް ގިނަ ބަޔަކަށް ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ ވަސީލަތެއް ކަމުގައި އިންޓަނެޓް މިވަނީ ވެފައެވެ.

ސަބަބަކީ ސުކޫލާއި ދުރުގައި އުޅޭ ކުދިންގެ ތައުލީމް ފޯރްކޮށްދޭ ވަސީލަތަކަށް ވެ ބަލިތަކުން ދުރުވާނެ މައުލޫމާތް ހޮސްޕިޓަލް ތަކާއި ދުރުގައި އުޅޭ ކުދިންނަށް ލިބިގެންދާނެވެ. ފައިސާގެ މުއާމަލާތްތައް ބޭންކާއި ދުރުގައި އުޅޭފަރާތްތަކަށް ކުރުމުގެ ފުރުސަތު ލިބޭއިރު ވަޒީފާ އުފެއްދުން ދެރަ މުޒުތަމައުތަކަށް އިންޓަނެޓް ޒަރީއާއިން ވަޒީފާ އަދާ ކުރުމަށްވެސް މަގުފަހިވެގެން ދާނެއެވެ.

އިންޓަނެޓަކީ ވަރަށްވެސް މުޙިއްމު ވަސީލަތަކަށް ވެފަވާއިރު އިންޓަނެޓް ބޭނުން ކުރާ ކޮންމެ 10 މީހުންގެ ތެރެއިން އެކަކީ އިންޓަނެޓްގެ ތެރެއިން ވަޒީފާއެއް ހޯދައިގެން ފަޤީރުކަމުން އަރައިގަންނަ މީހެކެވެ. އެހެން ނަމަވެސް އަދިވެސް ދުނިޔޭގެ އާބާދީގެ ދެބައި ކުޅަ އެއްބައިމީހުން 4 ބިލިއަން މީހުންނަށް އިންޓަނެޓްގެ ޙިދްމަތް ނުލިބެއެވެ.

ވުމާއި އެކު މި ޖީލްގެ އެންމެން ގުލުވާލެވިއްޖެ ނަމަ އެތައް މިލިއަން ބަޔަކު ފަޤީރު ކަމުން ސަލާމަތް ކުރެވޭނެއެވެ. ތަޢުލީމް ދިނުމުގައި އެހީތެރިވެ ބަލިތަކުން ދުރުވާނެ ގޮތުގެ މައުލޫމާތް ފޯރުކޮށްދެވޭނެވެ.

މީވެސް ދިގު މުއްދަތެއްގެ ތެރޭގައި އިތުރު ހިއްވަރާއި އެކު ޒަމާނީ ޓެކްނޮލޮޖީގެ އައު އުފެއްދުންތައް އުފައްދައިގެން ކުރިއެރުވިދާނެ ކަމެކެވެ. އަގުހެޔޮ ކޮން އިންޓެނެޓް ފޯރުކޮށްދެވޭޏެ ގޮތްތަކެއް އީޖާދުކޮށް އިންޓަނެޓް ނުލިބޭ ހިސާބް ތައް ގުޅުވާލެވިދާނެވެ. އެކަމަށް ސަރުކާރުތަކާއި އަމިއްލަ ޖަމާއަތްތަކާއި ގުޅެންޖެހެއެވެ. ރަނގަޅު މީހުންގެ ނަޒަރުން ކުރިއަށްދާންޖެހޭ ފުރިހަމަ ކުރު މަގެއް ގިނަ މަސައްކަތް ތަކާއި އެކު ހޯދި ކާމިޔާބް ކުރެވޭނެއެވެ.

އެންމެން އެކުވެގެން ހަމަ ހަމަ ކަމާއި އެކު އުޅެވޭނެ ކާމިޔާބް ދުނިޔެއެއް ހޯދިދާނެއެވެ.
...

ޓެކްނޮލޮޖީ އަކީ އަމިއްލައަށް ކަންކަން ހައްލު ކޮށްދޭ އެއްޗެއް ނޫނެވެ. ރަނގަޅު ދުނިޔެއެއް ފެށެނީ ދުޅަހެޔޮ މުޖުތަމައުއެއް އުފެއްދިގެންނެވެ.
ދަރިންނަން އުގެނުމަށް ފުރިހަމަ ފުރުސަތު ތަކެއް ހުރެގެންޏެވެ. ދުޅެހެޔޮ ސިއްޙަތެއްގައި ދަރިފުޅު ހުރެއްޖެ ހަމަ މޮޅަށް ކިޔަވާނެއެވެ.
ލޯބިވާ އާއިލާއަކާއި ރަނގަޅު ކާނާގެ އިތުރުން ރައްކާތެރި ދިރިއުޅެން ރަނގަޅު މާޙައުލެއް ލިބިދިނުމަކީ ފަށަން ޖެހޭ ހިސާބެވެ.
ޅަދަރިންނަށް ރައްކާތެރިކަން ގެއްލި އުންދަގޫ ތަކާއި ބިރު ވެރިކަން ދިމާވާނަމަ ސިއްޙީގޮތުން ބަލިކަށިވެ ވިސްނުން ދައްވެއެވެ. ތަހުލީލް ތަކުން ދައްކާ ގޮތުގައި ރޫފަ ރަނގަޅު ހަށިގަނޑެން ހެދި ބޮޑުނުވާނަމަ ސިކުންޑީގެ ވިސްނުން ކޮށިވާނެއެވެ.

ދަރިފުޅުގެ މަންމައަކީ ޑޮކްޓަރެއްގެ އިތުރުން ޓީޗަރަކަށްވާއިރު މަންމަ ވަނީ މިކަންކަން ދެކެފަައެވެ. އެހެންކަމުން ރަނގަޅު ސިއްޙަތެއް ނުލިބޭނަމަ ދިރިއުޅޭ ގޭގެ ކުލި ކާނެ، ކާނާ ލިބޭނެތޯ ނުވަތަ ޖިސްމާނީ ގެއްލުމެއްލިބި ކުށަަކަށްވެދާނެތޯ ވިސްނޭނަމަ ދުޅަހެޔޮ އިންސާނަކަށް ވުމަކީ އުންދަގޫ ކަމަކެވެ.

ހަމުގެ ކުލައިގެ ސަބަބުން ސުކޫލުގެ ބަދަލުގަ ޖަލަށް ދާންޖެހިދާނެ ކަމުގެ ބިރުގައި، ސައްހަ ލިއުންނެތިގެން އާއިލާ ރަށުންބޭރުކޮށްފާނެ ކަމަށް، ދީނީ ހަމަ ނުޖެހުންތަކުގެ ތެރޭގައި އަނިޔާވެ، ވަކި ޖިންސަކަށްވީތީ، ޖިންސީ އަނިޔާގެ ސިކާރައަކަށް ވެދާނެތީ ބިރުން ހުރެގެން އިންސާނާ ތަރައްޤީ އެއް ނުވާނެވެ. މިއަދު ބޭނުންވަނީ މިހުރިހާ މައްސަލަތަކެއް ހައްލުކުރާނެ ގުޅިލާމެހިފަވާ އިދާރާތަކެ ކެވެ. ދަރިފުޅުގެ މަންމަ އުފައްދަން ބޭނުން ވަނީ އެފަދަ މައްސަލަ ތެކެއް ނެތެ ސުކޫލެކެވެ.

ސުކޫލުތަކާއި ސިއްޙީ މަރުކަޒުތަކުގެ އިތުރުން ބެލެނިވެރިންނާއި ސިޓީ ކައުންސިލް ތަކާއި ގުޅިގެން ހުރިހާ ދަރިންނަކީވެސް އޯގާތެރިކަމާއި އެކު އަޅާލާ، ތަފާތުކުރުންތައް ނައްތާލެވިފަވާ ހަމަ ހަމަ ކަމާއިއެކު ފުރުސަތު ލިބޭ ދަރިންނަށް ހެދޭނެއެވެ.
މި ފަދަ ސުކޫލުތަކެއް އުފެއްދުމަށް އަހަރު ތަކެއް ނަގާނެވެ. އެހެން ނަމަވެސް އިންސާނާ ތަރައްޤީ ކުރުމަށް މީ ކޮންމެހެންވެސް ކުރަންޖެހޭ ކަންކަމެވެ. މި ކަންކަން ބޭނުން ނަމަ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ފުރިހަމަ ސިއްޙަތެއްގައި ދިރުއުޅޭ މުޖުތަމައުއެއް މިބާކުރުމެވެ.

....

ރަނގަޅު ފުރިހަމަ ދުނިޔެއެއްގައި ދަރިފުޅަށް ހޯދަ ދިނުމަށް މިއަދުގެ ޖީލަށް ގިނަ ކަންތައްތަކެއް ކުރެވިދާނެއެވެ. އެހެންކަމުން ދަރިފުޅުގެ މަންމަ އާއި ބައްޕަ މި ފަށައިގަންނަނީ ގިނަ ކޮންޖެހުން ތަކަކާއި ކުރިމަތި ލައިގެންވިޔަސް ބަދަލް ތަކެއް ގެނައުމަށެވެ. އެކަމަށްޓަކައި ފޭސްބުކްގެ ސީ.އީ.އޯގެ މަޤާމުގައި އިތުރު އަހަރު ތަކެއްގައި ޙިދުމަތް ކުރާނަމެވެ. އެހެން ނަމަވެސް ފާހަކަ މިކުރާ ކަންކަަމަކީ ވަރަށްވެސް މުހިއްމު އަދި މުސްކުޅި ވުމުގެ ކުރިން ފަށައިގަންނަންޖެހޭ ކަންކަމެވެ. އެހެން ކަމުން ޒުވާން ކަމާއި އެކު މި މައްސަލަ ތަކަށް ހައްލެއް ލިބި ފައިދާ ކުރަނިވި ދުވަހެއް ދެކެން ބޭނުމެވެ.

އައު ޖީލެއް ފެށިގެން ދާއިރު ޗޭން ޒުކަބާރކްގެ އާއިއާގެ އިނިސިއޭޓިވް ނަގައިގެން އިންސާނުން ކުރިއެރުވުމަށާއި އަމިއްލައަށް ކިޔެވޭނެ ގޮތާއި ބަލިތަކުން ދުރުވާނެ ވަސީލަތުގެ އިތުރުން އެންމެން ގުޅުވާލައި ވަރުގަދަ މުޒުތަމައުއެއް އުފެއްދުމަށް މިވަނީ ފެށިފައެވެ.

ވުމާއި އެކު %99 ގެ ފޭސްބުކް ސެއަރ މިވަގުތު ހުރިއަދަދު ކަމަށްވާ 45 ބިލިއަން ޑޮަލަރ، އިންސާނާ ތަރައްޤީކޮށް ތައުލީމާއި އެހެނިހެން ކަންކަން ކުރިއެރުވުމަށް ހަރަދު ކުރެވޭނެއެވެ. މީ ކުޑަ ހިއްސާ އެއްކަން އެންގި ހުރެ އަހަރެންމެންނަށް ކުރެވެން ހުރި ކަންކަން ކުރަން ބޭނުމެވެ. އެހެން ފަރާތްތަކުންވެސް ދަނީ މިކަންކަމަށް މަސައްކަތް ކުރަމުންޏެވެެ. ވިހެއުމަށް ނެގި ޖުއްޓީ ނިމުމުން މިކަންކަން ހިންގާނެ ގޮތުގެ މައުލޫމާތު ހިއްސާކުރާނަމެވެ. މިކަންކަން ކުރަން މިއުޅެނީ ކިހިނެތް ކަމާއި މެދު ގިނަ ސުވާލް ތަކެއް ހުންނާނެ ކަން އިންގެވެ.

މައިންނަށްވެ މުޅިން އައު ދުނިޔެއަަކަށް މިވަނީ ވަދެވިފައެވެ. ހަޔާތުގެ އައު ސޮފްހާ އެއް ހުޅުވިގެން ދާއިރު މިކަން ޙަޤީޤަތަކަށް ހެދުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ހިތުގެ އިހުލާސްތެރި ސުކުރު އަދާކުރަމެވެ.

ކަންކަން ހާސިލް ކުރެވޭނީ ދުނިޔޭގެ އެންމެން ބައިވެރިވުން އޮވެގެންނެވެ. ފޭސްބުކަކީ އަންނަތް އޮތް ޖީލްގެ ކަންކަން ރަނގަޅު ކުރުމަށް އުފެއްދިފަވާާ ވަރުގަދަ ވަސީލަތެކެވެ. ފޭސްބުކުގެ ކޮންމެ މެންބަރަކީ ވެސް މުހިއްމު ދައުރެއް މި ކަމުގައި އަދާ ކުރާފަރާތެކެވެ.

އެކިދާއިރާ ތަކުގެ މާހިރުންނާއި އެކު ބައިވެރިވެގެން މި ހުރި ފުރުސަތުތައް ކުރިއަށް ގެންދެވޭނީ އެންމެންގެ އެއްބާރުލުން ލިބިގެންޏެވެ. ކަންކަން ހާސިލް ކުރުމުގައި ކުރިއަށް މިދެވެނީ ވަށައިގެން ވާ ލޯބިވާ އާއިލާގެ ސަބަބުންޏެވެ. އެހީތެރިވާ ރައްޓެހިންގެ ސަބަބުންޏެވެ. މަސައްތަކުގައި ބައިވެރިވާ މުވައްޒަފުންގެ އެހީގައެވެ. އަހަރެމެންގެ އުއްމީދަނީ އަބަދުވެސް ހިއްވަރުލިބޭ ގާތް ގުޅުން ތައް އޮތުމެވެ.

ދަރިފުޅާ މެކްސް އެވެ. އަހަރެމެން ދަރިފުޅުގެ ދެކެ ވަރަށް ލޯބިވެއެވެ. އަދި އިޙްސާސްވަނީ ދުނިޔެއަކީ ދަރިފުޅަށާއި އެހެން ކުދިންނަށްވެސް ރަނގަޅު ތަނަކަށް ހެދުމަކީ އަހަރެމެންގެ މަސްއޫލިއްޔަތެއްކަމެވެ. ތިޔަ ދަރިފުޅު އުފަންވުމުން އަހަރެމެންނަށް ލިބުނު އުފާވެރިކަމާއި ލޯބިދަރިފުޅަށްވެސް ދޭން ބޭނުމެވެ. ދަރިފުޅާއެކު މިދުނިޔެއަށް ތިޔަ ގެނެސްދިން ކަންކަން ދެކިލުމަށް ކެއްތެރިކަމެއްނެތި އިންތިޒާރު ކުރަމެވެ.

ލޯބިވާ
މަންމަ އާއި ބައްޕަ