ޓެކްނޯލޮޖީ

މެސެންޖާއިން މިހާރު އޯޑިއޯ އިމޯޖީ ފޮނުވޭ

ފޭސްބުކުން މިހާރު އަންނަނީ އަޑާއެކު ފޮނުވޭ އިމޯޖީތަކެއް އެ އެޕްލިކޭޝަނަށް ގެންނަމުންނެވެ. މި އިމޯޖީތަކަށް ކިޔަނީ "ސައުންޑްމޯޖީ" އެވެ.

މި އަޕްޑޭޓް އައިސްފައި ވަނީ ދުނިޔޭގެ އިމޯޖީ ދުވަސް، ޖުލައި 17 އިގެ ކުރިންނެވެ. އަދި މި ފީޗާ މިހާރު މެސެންޖާގެ ފަހުގެ އަޕްޑޭޓެޑް ވާޝަން ބޭނުން ކުރާ ހުރިހާ ފަރާތްތަކަށް ވެސް ބޭނުން ކުރެވޭނެ އެވެ.

މި ފީޗާ ބޭނުން ކުރަން މެސެންޖާ ޗެޓް ތެރެއިން އިމޯޖީ ބަޓަން އަށް ފިތުމަށް ފަހު އެންމެ ކަނާތް ފަޅީގައި ވާ ސްޕީކާ އައިކަނަށް ފިއްތާލުމުން މިހާރު ލިބެންހުރި "ސައުންޑްމޯޖީ" ތައް ފެންނަން ހުންނާނެ އެވެ. އަދި އެ އިމޯޖީ ތަކަށް ފިތާލުމުން އެއިން ނުކުންނަ އަޑު ޕްރިވިއު ކޮއްލެވޭނެ އެވެ. ފޮނުވާލަން ބޭނުންވާ އިމޯޖީ ސެލެކްޓް ކުރުމަށް ފަހު "ސެންޑް" ބަޓަން އަށް ފިތާލުމުން އެ އިމޯޖީ ޗެޓައް ފޮނުވޭނެ އެވެ.

ފޭސްބުކުން ދަނީ އެކި ފިލްމްތަކުގެ އޯޑިއޯ ތަކާއި ލަވަތައް ވެސް "ސައުންޑްމޯޖީ" އަށް ގެންނަމުންނެވެ. އެކަމަކު އެ މީހާ އުޅޭ ގައުމެއް ނުވަތަ ސަރަހައްދެއްގެ ގޮތުން ލިބޭ "ސައުންޑްމޯޖީ" ތައް ތަފާތު ވާނެ އެވެ.