ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ސިއްހަތު

ހަލުވިކޮށް ރޯގާ ފެތުރެނީ

ކުޑަކުދިނަށް ރޯގާ ޖެހޭ މިންވަރު އިތުރު ވަމުންދާ ކަމަށާއި މިހާރުވެސް ހަ ކުދިންނަށް އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަހްމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.

ޑރ. ފައިސަލް އަވަސް އަށް ވިދާޅުވީ އިންފުލުއެންޒާގެ އިތުރުން ވެސް އެކި ވައްތަރުގެ ރޯގާ މިހާރު ފެތުރެމުންދާ ކަމަށެވެ. އެގޮތުން އާރްއެސްވީ--- ރޯގާގެ ބާވަތެއް--- ގިނަ ތުއްތު ކުދިންނަށް ޖެހެމުންދާ ކަމަށެވެ.

އިންފުލުއެންޒާ ޖެހޭ ކުދިންގެ އަދަދު ވެސް މިދުވަސްވަރު އިތުރުކަން ޑޮކްޓަރު ފާހަގަކުރެއްވި އެވެ.

ޑރ. ފައިސަލް ވިދާޅުވީ މިހާރު ފެތުރެމުންދާ ތަފާތު ރޯގާ ތަކާ ގުޅިގެން ހަ ކުއްޖަކަށް ފަރުވާ ދެނީ އައިސީޔޫގައި ކަމަށެވެ. އެއީ 10 އަހަރާއި ދެ މަހާއި ދެމެދުގެ ކުދިންނެވެ.

ރޯގާ ޖެހޭ އިރު އެހެނިހެން ބަލިތައް ހުންނަނަމަ ބޮޑުވަރުވާ ކަމަށްވެސް ވިދާޅުވި އެވެ. އަދި ރައްކާތެރިކަމަށް ސަމާލުވުމަށް ފައިސަލް ވަނީ އިލްތިމާސްކޮށްފަ އެވެ. ރައްކާތެރިކަމުގެ ގޮތުން އަތްދޮވުމާއި، މާސްކު އެޅުމާއި، ކުޑަކުދިން އުރަން ބައިހަދައިގެން ނުދިއުމާއި އަދި މީހުން އެއްވާ ތަންތަނަށް ނުދިއުމަށް ވެސް ޑޮކްޓަރު ވަނީ އެދިވަޑައިގެންފަ އެވެ.

މާލެ ސަރަހައްދުން އަރިދަފުސް ރޯގާ އާއި އިންފްލުއެންޒާ ޖެހޭ މިންވަރު އިތުރުވަމުންދާތީ ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

އެޗްޕީއޭއިން މިމަހުގެ 19 ގައި ބުނި ގޮތުގައި މިހާތަނަށް 506 މީހަކު އިންފުލުއެންޒާ އަށް ޕޮޒިޓިވްވެފައިވެ އެވެ.