ފަޒްނާ އަހުމަދު

ބާ 2000 ފަރަމަންތާ ޗެލެންޖް ފަށައިފި

Oct 29, 2021

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު، "ބާރ2000 ފަރަމަންތާ ޗެލެންޖް 2021" ހަރަކާތް މިއަދު ފަށްޓަވައިދެެއްވައިފި އެވެ.

ރަސްފަންނު ސަރަހައްދުގައި މިއަދު ހެނދުނު ކުރިއަށް ކުރިއަށް ދިޔަ ހަރަކާތް ފަށްޓަވައިދެއްވުމަަށް ފަހު މެޑަމް ފަޒްނާ ވަނީ ފުރަތަމަ ދަންފަޅީގެ އެކި ގްރޫޕްތަކުން ބައިވެރިވި ފެތުންތެރިންގެ ތެރެއިން އެއްވަނަ ދެވަނަ އަދި ތިންވަނަ ހާސިލުކުރި ޓީމުތަކާއި ފެތުންތެރިންނަށް އިނާމު ހަވާލުކޮށްދެއްވާފަ އެވެ.

ބާރ2000 ފަރަމަންތާ ޗެލެންޖަކީ އޯޕަން ވޯޓާ ސްވިމިންގ، ސާފިން އަދި ބޮޑީ ބޯޑިން މުބާރާތްތައް ހިމެނޭ ގޮތަށް އެކުއަޓިކް މަލްޓި-ސްޕޯޓް ޗެލެންޖެކެވެ.

މި ހަރަކާތަކީ އެޗްއެސްސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އިމްޕޯޓްކޮށް ޑިސްޓްރިބިއުޓް ކުރާ ޕްރިމިއާ ކޮފީ ބޮރޭންޑް ބާރ2000 އިލެގީ އިން ހަރަދުކޮށް އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.

އަންހެން އަދި ފިރިހެން ބައިވެރިން އެކި ކެޓެގަރީތަކުން ވާދަކުރި މި ހަރަކާތުގައި ހިމެނޭ އޯޕަން ވޯޓާ ސްވިމިން ފަށާފައިވަނީ ރަސްފަންނު ފަރުންނެވެ. ސާފިން އަދި ބޮޑީ ބޯޑިން ފަށާފައިވަނީ ވަރުނުލާ ރާޅުގަނޑު ސަރަހައްދުންނެވެ.