ދިރާގު

ހިޔާގެ ދިރާގު ކަސްޓަމަރުންނަށް ފައިސާގެ އިނާމު ތަކެއް

Oct 29, 2021

ރާއްޖޭގެ އެންމެ ފުޅާދާއިރާއަކަށް މުއާސަލާތީ އަދި ޑިޖިޓަލް ހިދުމަތްތައް ފޯރުކުށްދެމުންދާ ދިރާގުން، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅެން ފަށާ ހިޔާގެ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަންއެއް ހުޅުވާލައިފި އެވެ.

ދިރާގުން ބުނީ ނޮވެންބަރު 15ގެ ކުރީން ދިރާގު ފައިބާ ބްރޯޑްބޭންޑް އަދި ދިރާގު ޓީވީގެ ހިދުމަތައް އެދޭ ކަސްޓަމަރުންގެ ތެރޭން ގުރުއަތުން ހޮވޭ ނަސީބުވެރި ތިން މީހަކަށް ޖުމްލަ 50،000 ރުފިޔާ ލިބޭނެ ކަމަށެވެ. ފުރަތަމަ ނަސީބުވެރިއަކަށް 25،000 ރުފިޔާ އަދި ދެވަނައަށް ހޮވޭ ނަސީބުވެރި އަކަށް 15،000 ރުފިޔާ އަދި ތިންވަނަ ނަސީބުވެރިއަކަށް 10،000 ރުފިޔާ ލިބޭނެ އެވެ.

މީގެ އިތުރުން ދިރާގު ފައިބާ ބްރޯޑްބޭންޑްއަށް އެދޭ ކަސްޓަމަރުންނަށް ހިދުމަތް ހިލޭ ގުޅައިދިނުމުގެ އިތުރުން ހިލޭ ރައުޓާ އެއްވެސް ލިބިގެން ދާނެ ކަމަށްވެސް ދިރާގުން ބުންޏެވެ. އަދި ދިރާގު ޓީވީއަށް އެދޭ ކަސްޓަމަރުންނަށްވެސް ހިދުމަތް ހިލޭ ގުޅައިދިނުމުގެ އިތުރުން ހިލޭ ޖޯއިބޮކްސް (ޑީކޯޑާ) އެއްވެސް ލިބޭނެ އެވެ.

މިއީ ރާއްޖޭގެ އެންމެ ބޮޑު ފައިބާ ބްރޯޑްބޭންޑް ނެޓްވޯކައި ގުޅާލުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށް އެ ކުންފުނިން ބުންޏެވެ.އަދި އެންމެ މަގުބޫލު މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެއް ޕްލެޓްފޯމެއްގެ ދަށުން ބަލާލެވޭ ދިރާގު ޓީވީގެ ހިދުމަތް ހޯދުމަށް ލިބިގެންދާ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.