ގައުމީ ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ މެޗު ޕޮލިސް ކުލަބު ރޭ ކާމިޔާބުކޮށްފި އެވެ.
ގައުމީ ވޮލީލީގު ވެސް ކާމިޔާބު ކުރި ޕޮލިސް ކުލަބު ފުރަތަމަ މެޗުން މޮޅުވީ ވާދަވެރި އެމްއެންޑީއެފް (ސިފައިން)އާ ވާދަކޮށް 3-2 ސެޓުންނެވެ.
މެޗުގެ ފުރަތަމަ ސެޓް ސިފައިން ގެންދިޔައީ ޕޮލިހަށް 22 ޕޮއިންޓް ދީފަ އެވެ. އެކަމަކު ޖެހިގެން އައި ސެޓް ޕޮލިސް ކާމިޔާބު ކުރީ 25-22 އިންނެވެ. މެޗުގެ ތިން ވަނަ ސެޓް ސިފައިން ހޯދީ 19-25 އިންނެވެ. އެކަމަކު ހަތަރު ވަނަ ސެޓް 25-22 އިން އަދި ނަތިޖާ ނެރެން ކުޅުނު ފަހު ސެޓް ޕޮލިސް ކާމިޔާބު ކުރީ 17-15އިންނެވެ.
ތިން ޓީމު ވާދަކުރާ މި މުބާރާތުގެ ފައިނަލަށް ދާނީ ލީގު އުސޫލުން އެއްބުރު ކުޅެ ނިމޭއިރު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެކެވެ. ފައިނަލުގެ ފަހު ޖާގަ ލިބޭނީ ދެ ވަނަ ޓީމާއި ތިން ވަނަ ޓީމު ކުޅެގެން މޮޅުވާ ޓީމަކަށެވެ.
މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އަންނަ ބުދަ ދުވަހުގެ ރޭގަ އެވެ. މުބާރާތުގައި މިރޭ ކުޅޭނީ މޯލްޑިވިއަން އާއި ސިފައިންނެވެ. މި މެޗުން ބަލިވެއްޖެނަމަ ސިފައިންނަށް ޖެހޭނީ ފައިނަލަށް ދިއުމަށް ސެމީ ފައިނަލް މެޗުގައި ވާދަކުރާށެވެ.