މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލޭވިއޭޝަން

"އަޅުގަނޑުގެ މައްސަލައެއް އޭސީސީގައި ނޯންނާނެ"

Oct 30, 2021
2

ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހައިރުގެ ކޮރަޕްޝަންގެ މައްސަލަތަކެއް އޭސީސީން ބަލަމުންދާ ކަމަށް ދެކެވޭ ވާހަކަތައް ޒުހައިރު ދޮގު ކުރައްވައިފި އެވެ.

ޒުހައިރު މިއަދު ވިދާޅުވީ އެއީ ދޮގު ވާހަކަތަކެއް ކަމަށާއި އޭނާގެ އެއްވެސް މައްސަލައެއް އޭސީސީގައި ނޯންނާނެ ކަމަށެވެ. އޭނާ އެހެން ވިދާޅުވި އިރު އޭނާގެ މައްސަލަތަކެއް އޭސީސީން ބަލާ ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައި ވެއެވެ. އަދި އެކަމާއި ގުޅޭ ލިޔެކިޔުން ހޯދަން އޭސީސީން ވަނީ ޓްރާންސްޕޯޓްގައި މި މަހުގެ 10 ވަނަ ދުވަހު އެދިފައިވާ ކަމަށް ވެސް ރިޕޯޓްކޮށްފައި ވެއެވެ.

މި މައްސަލައާ ގުޅޭ ގޮތުން އަވަސް އިން އޭސީސީއަށް ގުޅި ނަމަވެސް ޖަވާބެއް ނުދެ އެވެ.