ޕީޕީއެމް

ހުކުރު ދުވަހު ޕީޕީއެމްގެ ހިނގުމެއް

Oct 30, 2021

މިނިވަންކަމުގެ ދިފާއުގައި އަންނަ ހުކުރު ދުވަހު ސުލްހަވެރި ހިނގާލުމެއް ބާއްވަން ޕީޕީއެމުން ނިންމައިފި އެވެ.

ޕީޕީއެމުން މިއަދު ބުނީ "މިނިވަންކަމުގެ ހިނގާލުން" މި ނަމުގައި ބާއްވާ މި ހިނގާލުމަކީ ރާއްޖޭގެ މިނިވަންކަމާ ސިޔާދަތު މި ސަރުކާރުން ނަގާލައިފައިތީ އެކަން ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް ބާއްވާ ހިނގާލުމެއް ކަމަށެވެ.

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްލާމް ދީނަށް ލޯބިކުރާ ހުރިހާ ރައްޔިތުން އަންނަ ހުކުރު ދުވަހުގެ ހަވީރު 4:00 އަށް ޕީޕީއެމް އޮފީސް ކައިރިއަށް އެއްވުމަށް އެ ޕާޓީން ވަނީ އެދިފަ އެވެ. އެ ހިނގާލުން ފަށާނީ ޕީޕީއެމް އޮފީސް ދޮރުމަތިންނެވެ.

މިނިވަންކަމުގެ ދިފާއުގައި ކަމަށް ބުނެ ޕީޕީއެމް އިން އަންނަނީ ސިލްސިލާކޮށް ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.