ގއ. ވިލިނގިލި އަދި ޅ.ކުރެންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ހުސްވެފައިވާ މެންބަރު ކަމަށް މެންބަރަކު އިންތިހާބު ކުރުމަށް މިއަދު ކުރިއަށް ގެންދިޔަ ބައި އިލެކްޝަން ބޮޑު ދެ ޕާޓީގެ ކެންޑިޑޭޓުން ކާމިޔާބު ކޮށްފި އެވެ.
ބައި އިލެކްޝަންސްގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ކުރެންދޫ ގޮނޑި ލިބިފައިވަނީ އެމްޑީޕީއަށެވެ. ވިލިނގިލި ގޮނޑި ލިބިފައިވަނީ އިދިކޮޅު މައި ޕާޓީ ޕީޕީއެމަށެވެ.
ޕީޕީއެމްގެ ތާއީދު އަބަދުވެސް ބޮޑުކޮށް އޮންނަ ވިލިނގިލި ގޮނޑިއަށް އިންތިހާބުވެފައިވަނީ ޝަހުމާ އެވެ. އެ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ޖެހުނީވެސް ޕީޕީއެމްގެ ކެންޑިޑޭޓެއް އިސްތިއުފާ ދިނުމާއި ގުޅިގެންނެވެ.
ކުރެންދޫ ގޮނޑި ކާމިޔާބު ކޮށްފައިވަނީ ނިޒާމާ އެވެ. އޭނާއާ ވާދަކުރި ޕީޕީއެމްގެ ކެންޑިޑޭޓް އަޒީޒާ ބަލިވީ ސަތޭކައެއްހާ ވޯޓްގެ ތަފާތުވުންނެވެ.