ބޯހިޔާވަހިކަން

ނައިފަރު ހައުސިން ޔުނިޓުތައް ނިންމައިފި

ޅ. ނައިފަރުގައި ސަރުކާރުން އަޅާ 100 ހައުސިން ޔުނިޓުތަކުގެ މަސައްކަތް ނިންމައިފި އެވެ.

ނައިފަރު ހައުސިން މަސައްކަތް ސަރުކާރުން ހަވާލު ކޮށްފައިވާ އާރްސީސީން މިއަދު ބުނީ 100 ހައުސިން ޔުނިޓް އިމާރާތްކޮށް ނިމިފައިވާ ކަމަށާއި މިހާރު ފައިނަލް އިންސްޕެކްޝަންގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

ނައިފަރުގައި އަޅަން ނިންމި 100 ހައުސިން ޔުނިޓުގެ މަސައްކަތް އާރްސީސީއާ ހަވާލު ކޮށްފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު އެވެ. އެ މަސައްކަތް އާރްސީސީ އާއި ހަވާލުކުރީ 72.3 މިލިއަން ރުފިޔާ އަށެވެ. އެއީ 330 ދުވަހުގެ ތެރޭ ނިންމާށެވެ.