އެޗްޑީސީ

ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް މީޑިއާނެޓްގެ ހިދުމަތް ދެނީ

Oct 31, 2021

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އިމާރާތްތަކަށް ކޭބަލް ޓީވީގެ ހިދުމަތް ދިނުމަށް މީޑިއާނެޓުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މީޑިއާނެޓުން ހިދުމަތް ދޭނީ އެޗްޑީސީން ގާއިމުކޮށްފައިވާ އޯޕަން އެކްސެސް ނެޓްވޯކް ބޭނުންކޮށްގެންނެވެ. އެ ނެޓްވޯކް ތެރެއިން ޓީވީ އާއި އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށް އެޗްޑީސީން މައުލޫމާތުދެ އެވެ.

އެޗްޑީސީން ބުނީ މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން އޯޕަން އެކްސެސް ނެޓްވޯކްގެ ތެރެއިން ހިދުމަތް ދޭން ފެށުމުން އަބަދު އެކި ސަރަހައްދުތަކުން މަގުކޮނުމުން ދިމާވާ ދަތިތައް ވަރަށް ބޮޑަށް ކުޑަކުރެވި ހިދުމަތުގެ އަގު ކުޑަކުރަން ވެސް ފަސޭހަ ވެގެންދާނެ ކަމަށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތަކުގައި 300 އަށް ވުރެ ގިނަ އާއިލާ މިހާރުވެސް ދިރިއުޅެމުންދާއިރު ކޭބަލް ޓީވީގެ ހިދުމަތާއި އިންޓަނެޓުގެ ހިދުމަތް އަދިވެސް ބައެއް ފްލެޓްތަކަށް ނުލިބޭ ކަމަށް އެ ތަންތަނުގައި ދިރިއުޅޭ ބައެއް އާއިލާތަކުން ބުނެ އެވެ.

އެޗްޑީސީން ބުނީ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފުރިހަމަކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދާ ކަމަށެވެ.