މޯލްޑިވްސް ޕޮލިސް ސާވިސް

ޕޯސްޓްމޯޓަމަށް މޭރީގެ ހަށިގަނޑު އިންޑިއާއަށް ގެންގޮސްފި

އައިޖީއެމްއެޗްގައި މަސައްކަތްކުރާ ފިލިޕިންސް ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އިންޑިއާއަށް ފޮނުވައިފި އެވެ.

ފުލުހުން މިއަދު ބުނީ މޭރީގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވާފައި ވަނީ އިއްޔެ ކަމަށެވެ.

އަމިއްލައަށް މަރުވި ކަމަށް ބުނާ މި އަންހެން މީހާގެ މައްސަލަ ފުލުހުން ބަލަން ފެށީ މި މަހުގެ 19 ވަނަ ދުވަހު އެވެ. މައްސަލަ ބަލަން ފެށީ އެ މީހާގެ މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރެގެން ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

މި މައްސަލައިގައި މޭރީގެ ފިރިމީހާ ވަނީ ހައްޔަރުކޮށްފަ އެވެ. ހައްޔަރުކުރުމަށްފަހު އޭނާގެ ބަންދަށް ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހައިފަ އެވެ.

މޭރީ މާލޭގައި އުޅެމުން ދިޔައީ ފިރިމާހާއާއި އަދި ފަސް އަހަރުގެ ދަރިފުޅާ އެކުގައި ކަމަށް އެނގިފައިވެ އެވެ. ފިރިމީހާ އަކީ ވެސް އައިޖީއެމްއެޗްގައި މަސައްކަތްކުރާ ނަރުހެކެވެ.

މި ހާދިސާއަށްފަހު މޭރީގެ ފިރިމީހާގެ ޕާސްޕޯޓު ވެސް ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ،