ވަޒީފާއާބެހޭ ޓްރައިބިއުނަލް

ފެނަކައިގެ ހަތަރު މުވައްޒަފަކަށް އަލުން ވަޒީފާ ދިނުމަށް އަމުރުކޮށްފި

Nov 2, 2021
1
ވަޒީފާއާ ބެހޭ ޓްރައިބިއުނަލް. ފެނަކައިގެ ހަތަރު މުވައްޒަފަކަށް ވަޒީފާ ދޭން ޓްރައިބިއުނަލުން ވަނީ އަމުރުކޮށްފައި -- ފޮޓޯ: އަވަސް
100%
0%
0%

ފެނަކަ ކޯޕަރޭޝަންގެ ވަޒީފާ އިން ވަކިކުރި ހަތަރު މުވައްޒަފަކަށް ފައިސާގެ ބަދަލު ދިނުމާއި އެކު އެ މީހުން ތިބި ވަޒީފާތަކަށް އަލުން އަނބުރާ އިއާދަކުރުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފި އެވެ.

ޓްރައިބިއުނަލުން މިއަމުރު ނެރުނީ ށ. ބިލެއްފަހީގެ ފެނަކަ ބްރާންޗުގެ ވަޒީފާތަކުން މިދިޔަ އަހަރުގެ ތެރޭގައި ހަތަރު މުވައްޒަފަކު ވަކިކުރުމުން ފެނަކަ ކޯޕަރޭޝަންގެ މައްޗަށެވެ.

މުވައްޒަފުން ވަޒީފާ އިން އޭރު ވަކިކުރީ ދުވަސްކޮޅަކު ސަސްޕެންޑް ކޮށްފައި ބޭތިއްބުމަށްފަހު ކުންފުނީގެ އަގު ވެއްޓޭ ގޮތަށް އެ މުވައްޒަފުން ވާހަކަދެއްކި ކަމަށް ތުހުމަތުކުރުމަށްފަހު އެވެ.

ފެނަކައިން ވަކިކުރި ހަތަރު މުވައްޒަފުން

  • އަބްދުﷲ ރަޝީދު
  • އިބްރާހިމް އަތީފް
  • އިބްރާހިމް މޫސާ
  • އަލީ އަސްލަމް

ފައިސާގެ ބަދަލުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 50،000 ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ދިނުމަށްވެސް ޓްރައިބިއުނަލުން ފެނަކައިގެ މައްޗަށް އަމުރުކޮށްފައިވެ އެވެ.

އެކި ސަބަބުތަކާ ގުޅިގެން ފެނަކައިގެ ވަޒީފާތަކުން ވަކިކޮށްފައިވާ އެހެން ބައެއް މީހުން ވެސް ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފަ އެވެ. ފެނަކައިގެ ވަޒީފާއިން ބައެއް މުވައްޒަފުން ވަކިކުރާ މައްސަލާގައި ފެނަކައިން ބުނީ ވަކިކުރާ މުވައްޒަފުންނަކީ ކުންފުނީގެ އިތުބާރު ގެއްލޭ ގޮތަށް އަމަލުކުރާ މުވައްޒަފުން ކަމަށެވެ. އަދި ބައެއް މުވައްޒަފުން ވަޒީފާ އިން ވަކިކުރަނީ އެމީހުންގެ ކިބައިގައި ގާބިލްކަމެއް ނެތުމުން ކަމަށެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އއަހްމަދު

މިހާރުމިވީގޮތުން ވަޒީފާއިން ވަކިކުރަންޖެހޭނީ ސަޢީދުދޯ އެއީ އޭނަގެފެންވަރުނެތީމަތާ ގަވާއިދާ ހިލާފައް މުއައްޒިފުން ވަކިކުރަނީ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345