ލައިފްސްޓައިލް

ދޫނިތަކާއެކު އުޅެން ދިރިއުޅުން ޖަންގައްޔަށް!

ކެނެޑާގެ މީހަކު އެ ގައުމުގެ ޖަންގައްޔެއްގެ މެދުގައި ޓެންޓެއް ޖަހައިގެން ދިރިއުޅޭތާ އެތައް އަހަރެއް ވެއްޖެ އެވެ. މި މީހާއަށް ޖަންގަލީގައި ދިރިއުޅެން ކަމުދަނީ އިންސާނުންނަށް ވުރެ ދޫނިތަކާއެކު ދިރި އުޅޭހިތް ވާތީ އެވެ.

ޓިކްޓޮކްގައި އަންހެންމީހާ ޝެއާ ކުރި ވީޑީއޯއެއްގައި ބުނެފައި ވަނީ އޭނާ ނިދަނީ ގަސް ގަހުގެ ގޮފިތަކުން ތައްޔާރުކޮށްފައިވާ ތަންމައްޗެއްގައި ކަމަށާއި ފާޚާނާ ކުރަނީ ބާލިދީ އަކަށް ކަމަށެވެ.

މިހާރު ވައިރަލް ވެގެން އުޅޭ މި ވީޑިއޯގައި އެމިލީ ނަމަކަށް ކިޔާ އަންހެންމީހާ ބުނެފައި ވަނީ އޭނާ ޖަންގަލީގެ ދިރިއުޅުން ޚިޔާރުކުރި ސަބަބެއް ގިނަ މީހުންނަކަށް ނޭނގޭނެ އެވެ. އޭނާއަށް ޖަންގަލި ނޫން ތަނެއްގައި ދިރިއުޅެވޭނެ ތަނަވަސް ކަމެއް ނެތް ކަމަށާއި އިންސާނުންނަށްވުރު ދޫނިސޫފާސޫތްޕާ އޭނާ މާ ގަޔާވާ ކަމަށެވެ.

"ބައެއް މީހުން އަހަރެންގެ އަޑުއަހާފަ އަހަންނަށް ހަމްދަރުދީ ވާނެ. އަނެއް ބަޔަކު ބުނާނެ އަހަންނަކީ ބޯ ގޯސް މީހެކޭ،" އަންހެންމީހާ ބުންޏެވެ. މި ވީޑިއޯގައި އަންހެންމީހާ ވަނީ އޭނާ ދިރިއުޅޭ 16 ފޫޓު 16 ފޫޓުގެ ޓެންޓުގެ އެތެރެ ވެސް ދައްކާލާފަ އެވެ. މިއީ ފޭސްބުކުގައި ޖަހައިގެން މީހަކު ވިއްކި ސެކަންޑް ހޭންޑް ޓެންޓެކެވެ.

މިތަނުގައި އެމިލީ ދިރިއުޅެނީ އޭނާގެ ލޯބިވެރިޔާ އާއެކުގަ އެވެ. ދެ މީހުން ދުވާލުގެ ވަގުތުތަކުގައި އުޅެނީ ޖަންގަލި ތެރޭގައި ކަމަށާއި ޓެންޓަށް ވަންނަނީ ރޭގަނޑުވުމުން ނިދާލަން ކަމަށް ވެސް އެމިލީ ބުންޏެވެ.

އެމިލީގެ ވީޑީއޯ އަށް ކޮމެންޓުކުރި މީހަކު އޭނާ ކުރެން ފޯނު ޗާޖް ކުރަނީ ކިހިނެއްތޯ ސުވާލު ކުރުމުން އެމިލީ ބުނީ ފޯނު ޗާޖް ކުރަނީ ކާރުން ކަމަށެވެ. އަދި ސޯލާ ސިސްޓަމެއް ގަނެ ފިނި މޫސުން އަންނަންވާއިރަށް އެތަނުގައި ކެބިން އެއް ތައްޔާރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމިލީ ބުންޏެވެ.

މި ޖަންގަލީގެ އެމިލީ ދިރިއުޅެނީ އެތަނުގެ ވެރިމީހާ އަށް މަހަކު 327 ޕައުންޑް ދައްކައިގެންނެވެ.