މޫސުން

މެދު އަތޮޅުތަކަށް ޔެލޯ އެލާޓް

ރާއްޖެއަށް މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ މެދު އަތޮޅުތަކަށް މެޓް އޮފީހުން ލެޔޯ އެލާޓް ނެރެފި އެވެ.

މެޓުން ޔެލޯ އެލާޓް ނެރިފައިވަނީ ކ. އަތޮޅުން ފެށިންގެ ލ. އަތޮޅަށެވެ. އެއީ މިއަދު ހެނދުނު 8:45 އިން މެންދުރު 12:00 އަށެވެ.

ޔެލޯ އެލާޓް ނެރެފައިވާ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖޭގެ އިރު އުތުރުން ސްރީލަންކާ ކައިރީގައި ކޮޅިގަނޑެއްގެ އަސަރެވެ. މެޓުން މީގެ ކުރިން ބުނީ އެ ކޮޅިގަނޑުގެ ސަބަބުން ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވެދާނެ ކަމަށެވެ. އެގޮތުން އެކިސަރަހައްދުގައި ވަޔާއި ކަނޑު ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މޫސުން ގޯސްވެފައިވާތީ ސިފައިންނާއި މޫސުމާއި ބެހޭ އިދާރާއިން ވަނީ ކަނޑުއުޅަދު ފަހަރު ދަތުރުކުރާއި ސަމާލުވުމަށް އެދިފަ އެވެ. ކަނޑު ދަތުރުކުރާ އުޅަނދު ފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުން މޫސުމާބެހޭ އެންމެފަހުގެ މައުލޫމާތު ހޯދުމަށްފަހު ދަތުރުތައް ރޭވުމަށް ހަނދާންކޮށްދީފައެވެ.