މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް

ނުވަ އަތޮޅަކަށް މޫސުން ގޯސްވެ ވައިޓް އެލާޓް

Feb 12, 2022

މޫސުން ގޯސްވެ ނުވަ އަތޮޅަށް މޫސުމީ އިންޒާރު ނެރެފި އެވެ.

މެޓް އޮފީހުން ބުނީ މިއަދު ހަވީރު 5:00 ޖެހުމާއި ހަމައަށް ހއ. އަތޮޅުން ފެށިގެން ކ. އަތޮޅަށް ވައިޓް އެލާޓް ނެރެފައިވާ ކަމަށެވެ. އަދި އެ ވަގުތު ތަކުގައި އެ އަތޮޅު ތަކަށް ބޯކޮށް ވާރެ ވެހި ގުގުރާނެ ކަމަށް ލަފާ ކުރާ ކަމަށާއި ކަނޑުތައް ވެސް ގަދަވާނެ ކަމަށެވެ.

އެ އަތޮޅުތަކަށް ވިލާގަނޑުގައި 40 މޭލު ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ވެސް މެޓް އޮފީހުން ބުނެފައި ވެއެވެ.

ރާއްޖޭގެ ސަރަހައްދުގައި ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ މޫސުމަށް ސަމާލުވުމަށް ވެސް މެޓް އޮފީހުން އިލްތިމާސް ކޮށްފައިވެއެވެ. ހާއްސަކޮށް ރޭގަނޑު ދަތުރުކުރާއިރު އަދި ބުރިޖާއި ހަައިވޭގެ އެއްގަމު ދަތުރުތަކަށް ވެސް ސަމާލުވާން އެދެ އެވެ.