މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް

އަށް އަތޮޅަކަށް މޫސުމުގެ އެލާޓް

މޫސުން ގޯސްވެ އަށް އަތޮޅަށް މޫސުމީ އިންޒާރު ނެރެފި އެވެ.

މެޓް އޮފީހުން ވަނީ މިއަދު ހަވީރު 4:00 ޖެހުމާއި ހަމައަށް ނ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ވައިޓް އެލާޓް ނެރެފަ އެވެ. އެ ވަގުތު ތަކުގައި އެ އަތޮޅު ތަކަށް ބޯކޮށް ވާރެ ވެހި ގުގުރާނެ ކަމަށާއި ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.

އެ އަށް އަތޮޅަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިދުގައި ވައި ޖެހޭނެ އެވެ.

ރާއްޖޭގެ ސަރަހައްދުގައި ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ މޫސުމަށް ސަމާލުވުމަށް ވެސް މެޓް އޮފީހުން އިލްތިމާސް ކޮށްފައި ވެއެވެ.