މޫސުން

ހަތް އަތޮޅަކަށް މޫސުން ގޯސްވެ ވައިޓް އެލާޓް

މޫސުން ގޯސް ދުވަހެއްގައި ލޯންޗެއް ދަތުރުކުރަނީ: މޫސުން ގޯސްވެ ހަތް އަތޮޅަކަށް ވައިޓް އެލާޓް ނެރިފި --- ފޮޓޯ: އަވަސް
0%
0%
0%

މޫސުން ގޯސްވެ ހަތް އަތޮޅަށް މޫސުމީ އިންޒާރު ނެރެފި އެވެ.

މެޓް އޮފީހުން ބުނީ މިރޭ މެންދަމު 2:00 ޖެހުމާއި ހަމައަށް ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް ވައިޓް އެލާޓް ނެރެފައިވާ ކަމަށެވެ. އަދި އެ ވަގުތު ތަކުގައި އެ އަތޮޅު ތަކަށް ބޯކޮށް ވާރެ ވެހި ގުގުރާނެ ކަމަށް ލަފާ ކުރާ ކަމަށާއި ކަނޑުތައް ވެސް ގަދަވާނެ ކަމަށެވެ.

އެ އަތޮޅުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިދުގައި ވައި ޖެހޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.

ރާއްޖޭގެ ސަރަހައްދުގައި ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ މޫސުމަށް ސަމާލުވުމަށް ވެސް މެޓް އޮފީހުން އިލްތިމާސް ކޮށްފައިވެއެވެ. ހާއްސަކޮށް ރޭގަނޑު ދަތުރުކުރާއިރު އަދި ބުރިޖާއި ހަައިވޭގެ އެއްގަމު ދަތުރުތަކަށް ވެސް ސަމާލުވާން އެދެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345