މޫސުން

ނުވަ އަތޮޅަކަށް މޫސުން ގޯސް

މޫސުން ގޯސް ދުވަހެއް: މިހާރު ކުރަމުންދާ ވިއްސާރައިގައި މެޓް އޮފީހުން ނުވަ އަތޮޅަކަށް މިއަދު ވައިޓް އެލާޓް ނެރެފައިވޭ -- ފޮޓޯ: އަވަސް
0%
0%
0%

މޫސުން ގޯސްވެ ނުވަ އަތޮޅަށް މޫސުމީ އިންޒާރު ނެރެފި އެވެ.

މެޓް އޮފީހުން ބުނީ މިއަދު މެންދުރު 1:00 ޖެހުމާއި ހަމައަށް ބ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ވައިޓް އެލާޓް ނެރެފައިވާ ކަމަށެވެ. އަދި އެ ވަގުތު ތަކުގައި އެ އަތޮޅު ތަކަށް ބޯކޮށް ވާރެ ވެހި ގުގުރާނެ ކަމަށް ލަފާ ކުރާ ކަމަށާއި ކަނޑުތައް ވެސް ގަދަވާނެ ކަމަށެވެ.

އެ އަތޮޅުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިދުގައި ވައި ޖެހޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.

ރާއްޖޭގެ ސަރަހައްދުގައި ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ މޫސުމަށް ސަމާލުވުމަށް ވެސް މެޓް އޮފީހުން އިލްތިމާސް ކޮށްފައި ވެއެވެ. ހާއްސަކޮށް ރޭގަނޑު ދަތުރުކުރާއިރު އަދި ބުރިޖާއި ހަައިވޭގެ އެއްގަމު ދަތުރުތަކަށް ވެސް ސަމާލުވާން އެދެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345