ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގައި އިތުރު މީހަކު މަރުވެއްޖެ، ރާއްޖޭގެ ނަންބަރު 244 އަށް

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި އިތުރު މީހަކު މަރުވެއްޖެ އެވެ.

މިއަދު ހެނދުނު 7:19 ގައި މަރުވެފައިވަނީ އުމުރުން 81 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެއީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން އައި މީހެކެވެ.

މިއަދުގެ މަރާއެކު ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 244 އަށް އަރާފައެވެ.

ކޮވިޑް ޖެހޭ މީހުންގެ އަދަދު މިދިޔަ ދުވަސްތަކުގައި މަދުވި ނަމަވެސް މިދިޔަ ސައުވީސް ގަޑިއިރުތެރޭ ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ ރެކޯޑް މިންވަރަކަށް އުފުލިފައެވެ. މިދިޔަ ސައުވީސް ގަޑިއިރުތެރޭ 219 މީހަކަށް ބަލި ޖެހިފައިވެއެވެ.

ކޮވިޑް ޖެހިގެން އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. މިވަގުތުވެސް 33 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ.

މިހާތަނަށް 88،277 މީހަކަށް ބަލި ޖެހިފައިވާއިރު 86،040 މީހަކު ވަނީ ބަލީން ފަސޭހަވެފައެވެ. އެކްޓިވް ކޭސްގެ އަދަދަކީ 1،981 މީހެކެވެ.