މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ

ޖޫރިމަނާ ބަލައިނުގަނެ، އިސްތިއުނާފަށް

ޕެނަމާއަށް ނިސްބަތްވާ އެމްވީ ނަވިއޯސް އަމާރީލިސް ނަމަކަށް ކިޔާ އާގު ބޯޓު ކ. ރަސްފަރި ފަރަށް އުރުނު ހާދިސާގައި، ބޯޓުގެ ވެރިފަރާތް ޖޫރިމަނާ ކުރި މައްސަލަ އިސްތިއުނާފު ކުރަން އެންވަޔަރަމެންޓް މިނިސްޓްރީއަށް ހުށަހަޅައިފި އެވެ.

ބޯޓު ފަރަށް އެރުމުން ލިބުނު ގެއްލުމާއި ގުޅިގެން އީޕީއޭއިން ކުރި ޖޫރިމަނާ އިސްތިއުނާފަށް ހުށަހަޅާފައިވާކަން އެންޔަރަންމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަސީރު އަވަސް އަށް ޔަގީން ކޮށް ދެއްވި އެވެ.

"ބޯޓުން އިސްތިއުނާފަށް ހުށަހަޅާފައި ވުމުން އެކަމާ ގުޅުން ހުރި މަސައްކަތްތައް މިހާރު ކުރިއަށް ދަނީ." ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަސީރު ވިދާޅުވި އެވެ.

ބޯޓުގެ ވެރިފަރާތުން އީޕީއޭއިން ކުރި ޖޫރިމަނާ ގަބޫލް ނުކުރީތޯ ސުވާލު ކުރުމުން ނަސީރު ވިދާޅުވީ އެމީހުން މައްސަލަ އިސްތިއުނާފް ކުރަން ހުށަހަޅާނީ ވެސް ޖޫނިމަނާ ގަބޫލް ނުކުރާތީ ކަމަށެވެ.

ރަސްފަރި ފަރަށް އާގު ބޯޓު އެރުމާއި ގުޅިގެން އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ގާވާއިދު، ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ގަވައިދުގެ ދަށުން 100 މިލިއަން ރުފިޔާއިން އެ އުޅަނދުގެ ވެރިފަރާތް އީޕީއޭއިން ވަނީ ޖޫރިމަނާކޮށްފަ އެވެ.

އަދި ޖޫރިމަނާގެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އެ އުޅަނދުގެ ރާއްޖޭގެ އެޖެންޓު، އެންޓްރެކް ހޯލްޑިން ޕްރައިވެޓް ލިމިޓެޑަށް ވަނީ އަންގާފަ އެވެ.