މީޑިއާނެޓް

ވީކެންޑް ވިތް ވަސީމް: އެމްއެސް ވީއޯޑީއަށް

Nov 5, 2021

މީޑިއާނެޓުން "ވީކެންޑް ވިތް ވަސީމް" ޕްރިމިއާ ކުރަން ތައްޔާރުވެއްޖެ އެވެ.

"ވީކެންޑް ވިތް ވަސީމް" މިމަހުގެ 12 ވަނަ ދުވަހު ޕްރިމިއާ ކުރާއިރު، ޝޯ ދައްކާނީ ކޮންމެ ހުކުރު ދުވަހަކު އެވެ. މި ޝޯ އެމް އެސް ވީއޯޑީ މެދުވެރިކޮށް ފޯން، ލެޕްޓޮޕް އަދި ޓެބްލެޓްގެ އިތުރުން މިހާރު އެންޑްރޮއިޑް ޓީވީ އަދި ސެމްސަންގް، އެލްޖީ ޓީވީން ވެސް ބަލައިލެވޭނެ އެވެ.

މި ޝޯ އަކީ ރާއްޖޭގެ މަޝްހޫރު ޕްރެޒެންޓަރު މޫސާ ވަސީމް ހުށަހަޅައިދޭ ޝޯ އެކެވެ. ވީކެންޑް ވިތް ވަސީމަކީ ޓޯކްޝޯއެއް އަދި މި ޝޯގައި ގޭމްތަކެއް ކުރިއަށް ދާނެ އެވެ. އެކިކަހަލަ މައުލޫތަކަށް ގެސްޓުންނާއި އެކީ ވާހަކަދައްކާނެ އެވެ. ޝޯގައި ގޭމްތައް ކުރިއަށް ގެންދާނީ ދެ ސެގްމެންޓަކަށް ބަހާލައިގެންނެވެ. ބަލިވާ މީހަކަށް އަދަބު ވެސް ދޭނެ އެވެ.

ޝޯގައި އެކްޓަރުންނާއި، ކޮމެޑިއަނުން އަދި މިއުޒިޝަނުން ވެސް ބައިވެރިވާނެ އެވެ. އެގޮތުން ބައިވެރިވާ ބައެއް މެހެމާނުންގެ ތެރޭގައި ޝައްމު، ކާއްޓޭ، ސީޒަން އަދި އާޝާ ހިމެނެ އެވެ.

އެމް އެސް ވީއޯޑީ އެންޑްރޮއިޑް ޓީވީ އަދި ސެމްސަންގް ނުވަތަ އެލްޖީ ޓީވީން ބަލައިލުމަށް އެޕްލިކޭޝަން ޓީވީއަށް ޑައުންލޯޑް ކުރުމަށްފަހު މި ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކޮށްލެވޭނެ އެވެ. މީޑިއާނެޓް މަލްޓި ސްކުރީން ފޯން، ލެޕްޓޮޕް ނުވަތަ ޓެބްލެޓަށް ޑައުންލޯޑް ކުރެވޭނެ އެވެ.

މީޑިއާނެޓް ވެބްސައިޓަށް ޒިޔާރަތް ކޮށްގެން ނުވަތަ 0800 332 އަށް ގުޅައިގެން އިތުރު މައުލޫމާތު ލިބޭނެ އެވެ.