ރަޝިޔާގެ ރައީސް ލަޑިމިއާ ޕޫޓިން ކްރައިމިއާއަށް ވަޑައިގެން އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަކުރައްވައިފި އެވެ.
އޭނާ ވިދާޅުވި ގޮތުން ކްރައިމިއާ ސަރަހައްދަކީ ރަޝިޔާގެ ބައެއް ގޮތުގައި ދާއިމަށް ދެމިއޮންނާނެ އެވެ.
ރަޝިއާ ސިފައިން ޔޫކްރޭންގެ އަތުން ކްރައިމިއާ އަތުލައިގަތީ 2014 ވަނަ އަހަރު އެވެ. ކްރައިމިއާ ހިފަން ރަޝިއާ ދެއްކި ހުއްޖަތަކީ ރަޝިއާގެ ދަށުގައި އޮތުމަށް ކްރައިމިއާ ބޭނުންވާ ކަމަށް ރައްޔިތުން ވޯޓުން ނިންމުމެވެ.
ޔޫކްރެއިންގެ ވެރިކަމުން ކްރެމްލިންގެ ރަހުމަތްތެރި ރައީސް، ޔަނުކޮވިޗް ދުރުކުރުމާ ގުޅިގެން ރަޝިއާ އޮތީ ހިތްހަމަނުޖެހިފަ އެވެ.
ކްރައިމިއާ ހިފަން ރަޝިއާ ބޭނުންވި ސަބަބަކަށް މިކަންވެސް ވެއެވެ. ރަޝިއާއިން ޔުކްރޭނަށް އަރައިގަތުން ހުޅަނގާއި ވިލާތުގެ ގައުމުތަކުން ވަރަށް ބޮޑަށް ކުށްވެރި ކުރެ އެވެ.
ޕޫޓިން ވިދާޅުވި ގޮތުގައި ރަޝިއާގެ ބައެއް ގޮތުގައި ކްރައިމިއާ އޮތުމަކީ ރަޝިއާއަށް ލިބިފައި އޮތް ވަރަށް ބޮޑު ފަސޭހަ އެކެވެ. އެއީ ރަޝިއާ ކަޅު ކަނޑަށް ހުޅުވޭ ނެރު ކަމަށް ވެސް ވިދާޅުވި އެވެ.
ޕޫޓިން ވިދާޅުވި ގޮތުން ތާރީޚީ އެއްބައިވަންތަކަން އަނބުރާ ހޯދިއްޖެ އެވެ. އަދި ރަޝިއާއާ ކްރައިމިއާ ގައި ޖަހަނީ އެއް ވިންދެއް ކަމަށްވެސް ވިދާޅުވި އެވެ.
ރަޝިއާއިން ފާހަގަކުރާ އެއްބައިވަންތަ ކަމުގެ ދުވަހަކީ 1612 ވަނަ އަހަރު ޕޮލެންޑާއި ލިތުއޭނިއާގެ ސިފައިން މޮސްކޯއިން ބޭރުކޮށްލި ދުވަހެވެ.
މިދުވަހާ ގުޅުވައިގެން އެކްޓިވިސްޓުން ހަރަކާތްތަކެއް ހިންގަން މަސައްކަތްކުރި ނަމަވެސް ވަނީ ހުއްޓުވާފަ އެވެ.