ރައީސް އަބްދުﷲ ޔާމީން

ތިމާވެށީގެ މުހިންމު ބިލެއް ރައީސް ތަސްދީގު ކުރައްވައިފި

އޯޒޯން ފަށަލަ ހިމާޔަތް ކުރުމަށް ފިޔަވަޅު އެޅުމާ ބެހޭ ބިލް ރައިސް އަބްދުﷲ ޔާމިން މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ރައީސް މިއަދު ތަސްދީގު ކުރެއްވި މި ބިލަކީ ރާއްޖޭގެ ތިމާވެއްޓާއި އޯޒޯން ފަށަލަ ހިމާޔަތް ކުރުމަށް ރާއްޖޭގައި ބޭނުން ކުރާ ކެމިކަލް މާއްދާތަކާއި ކެމިކަލް އެކުލެވޭ އާލާތްތައް ބޭނުން ކުރުމާއި އެތެރެ ކުރުން ހުއްޓާލުމަށް ރައްޔިތުންގެ މަޖުލީހުން ފާސްކުރި ބިލެކެވެ. އަދި މިހާރު މި ބިލް ތަސްދީގުކޮށް ގެޒެޓުގައި ވަނީ ޝާއިއު ކޮއްފަ އެވެ.

އޯޒޯން ފަށަލަ ހިމާޔާތް ކުރުމާއި ބެހޭ ގާނޫނުގެ ދަށުން ރާއްޖެއަށް އެތެރެ ކުރަން މަނާ 25 ކެމިކަލްގެ ބާވަތެއްވެ އެވެ. މީގެ އިތުރުން ރާއްޖެއަށް އެތެރެ ކުރަން ކޮންޓްރޯލްކޮށްފައިވާ ކެމިކަލްގެ ބާވަޔްތައް އެތެރެކުރެވޭނީ އެންވަޔަރުމަންޓް މިނިސްޓްރީގެ ހުއްދަ ލިބިގެންނެވެ.

މިގާނޫނުގެ ދަށުން މަނާކުރެވިފައިވާ ކެމިކަލް މާއްދާއެއް އެތެރެ ކޮށްފި ނަމަ ކޮންމެ ކިލޯގްރާމަކަށް 1،000 ރުފިޔާ އާއި 8،000 ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ. އަދި އެފަދަ ކެމިކަލް މާއްދާއެއް އެކުލެވޭ އާލާތެއް އެތެރެކޮށްފިނަމަ 10،000 ރުފިޔާ އާއި 100،000 ރުފިޔާގެ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރަންވާނެ ކަމަށް ގާނޫނުގައިބުނެފައިވެ އެވެ.

ސަރުކާރުގެ ފަރާތުން ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މި ބިލު ފާސްވީ 58 މެންބަރުންގެ ވޯޓާއިއެކުގައިއެވެ.