މިހަރު ބާޒާރުން ނުލިބޭ ފްލޭވާއެއްގެ ސައިފަތް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ނަން ހުސްކޮށް އެކި ބްރޭންތަކުގެ ސައިފަތް އެކި ކަހަލަ ޕެކިންތަކުގައި ބާޒާރުން ފަސޭހަކަމާއެކު ލިބެން ހުރެ އެވެ.
ފާސޭހައިން އެކި ކަހަލަ ސައިފަތް މިހާރު ބާޒާރުން ލިބެން ހުރިއިރު، މިތަކެތީގެ ރަހަ ބެލުމުގެ ކުރިން އޭގެއިން ލިބޭ ފައިދާތައް ދެނެގަތުން މުހިންމެވެ. ކޮން ވައްތަރެއްގެ ސައިފަތަކީ ކޮންކަހަލަ ފައިދާއެއް ލިބޭ އެއްޗެއްކަމާއި އެތަކެތިން ހަށިގަނޑަށް ލިބޭ ފައިދާވެސް އެނގުން މުހިންމެވެ.
ގްރީން ޓީ
ހުރިހާ ސަޔެއްގެ ތެރެއިން އެންމެ ރަނގަޅު ކަމަށް ގިނަމީހުން ބުނަނީ ގްރީން ޓީ އެވެ. މިއީ ހިކެން ބޭނުންވާ މީހުން ބޯން އެންމެ ރަނގަޅު ސަޔަށްވީރު، ހާއްސަ ޑައިޓްތަކުގައ އުޅޭ މީހުން ގްރީން ޓީ ވަރަށް ގިނައިން ބޮއެ އެވެ. ގްރީން ޓީ އުފައްދާފައި ހުންނަނީ ސައިފަތް ސްޓީމްކޮށްގެންނެވެ. އެހެންކަމުން މިސައިފަތުގައި ގިނަ އަދަދަކަށް އީސީޖީސީ ހިމެނެ އެވެ. މިއީ ބްލެޑާގެ ކެންސަރާއި، އުރަމަތީގެ ކެންސަރާއި ފުއްޕާމޭގެ އިތުރުން ގޮހޮރަށް ކެންސަރުޖެހުމުން ދުރުހެލިކޮށްދޭ މާއްދާ އެކެވެ. މީގެއިތުރުންވެސް ހަނދާންނެތޭ ބަލިޖެހިފައި ތިބޭ މީހުންގެ ބަލި ފަސޭހަކޮށްދިނުމަށް އެހީތެރިވުމުގެ އިތުރަށް ބަނޑުގައި ޖަހާފައި ހުންނަ ސަރުބީތައް ވިރުވާލަދިނުމަށާއި ސްޓެރެސްއިނ މީހާ ދުރުކޮށްދެ އެވެ.
ބްލެކް ޓީ
ކަޅު ސަޔަކީ އަހަރުމުންގެ ތެރެއިން ގިނަމީހުން ކާގަޑިގެ އިތުރުން ސައިގަޑިތަކުގައި ވެސް އާންމުކޮށް ބޭނުންކުރާ ބުއިމެކެވެ. އެންމެ ގިނައިން މީހުން ބޭނުންކުރާ ސަޔަކީ ކަޅު ސަޔަށްވީއިރު، މިސައި ތައްޔާރުކުރުމަށް ބޭނުންކުރާ ސައިފަތް އުފައްދާފައި ހުންނަނީ ސައިފަތް ފާމެންޓްކޮށްގެންނެވެ. ކަޅު ސައިގައ ގިނަ އަދަދަކަށް ކެފެއިން އެކުލެވިގެންވާއިރު، މިއީ ދުންފަތުގެ އިސްތިއުމާލުކުރުމުން ފުއްޕާމެޔަށް ލިބޭ ގެއްލުންވެސް ކުޑަކޮށްދޭ ބުއިމެކެވެ. މީގެއިތުރުންވެސް ގަވާއިދުން ކަޅު ސައި ބޯނަމަ، ސްޓްރޯކް ޖެހުމުގެ ފުރުސަތު ކުޑަކޮށްދެ އެވެ.
އޫލޯންގް ޓީ
އޫލޯންގް ޓީ ހުންނަނީ ގާތްގަނޑަކަށް ކަޅުސައި ހުންނަ ގޮތަށެވެ. މިސައި ފަސތްވެސް އުފައްދަނީ ކަޅު ސައިގެ ސައިފަތް އުފައްދާ ގޮތަށް ކަމަށް ވިޔަސް އޫލޯންގ ޓީ ހެދުމަށް ގިނަދުވަސް ވަން ފާމެންޓްކުރަން ޖެހެ އެވެ. ކަޅު ސައިގެ ސައިފަތަށް ވުރެން އޫލޯންގް ޓީ ގައި ރަހަ ގަދަ ވަނީ މިސައިފަތް ގިނަ ދުވަހު ފާމެންޓްކުރާތީވެ އެވެ. މިސައިފަތުގައި ގިނަ އަދަދަކަށް އެކުލެވިގެންވާ އެންޒައިމުން ޓްރިގްލީ ސެރައިޑް ނައްތާލުމަށް އެހީވެދޭއިރު، މިއީ ބަރުދަން ލުއި ކުރަން މީހުން ވެސް ބޯން ރަނގަޅު ސަޔެކެވެ. އަދި މިއީ ހަކުރާއި ކޮލެސްޓްރޯލް މައްޗަށްދާ މީހުން ވެސް ބޯން ވަރަށް ރަނގަޅު އެއްޗެކެވެ.
ވައިޓް ޓީ
ހުރިހާ ވައްތަރެއްގެ ސައިތަކުގެ ތެރެއިން ވައިޓް ޓީގެ ސައިފަތަކީ އެންމެ ކުޑަ މުއްދަތެއްގައި ފާމެންޓްކޮށްގެން އުފައްދާ ސައިފަތެވެ. މިސައިގައ މާބޮޑު ކުލައެއް ނުހުންނައިރު މީގައ ގިނަ އަދަދަކަށް އެންޓްއޮކްސިޑެންޓްސް ހިމެނެ އެވެ. ވައިޓް ޓީ ގަވާއިދުން ބޯނަމަ، މީގައި ހިމެނޭ ވައިޓް ޓީ އިން ފްރީ ރެޑިކަލްސްތއް ނައްތާލުމަށް ދިނުމަށް އެހީތެރިވެދެ އެވެ. މީގެއިިތުރުންވެސް ގަވާއިދުނ ވައިޓް ޓީ ބޭނުންކުރާ ނަމަ، ކެންސަރު ޖެހުމުގެ ފުރުސަތު ކުޑްކޮށްދިނުމުގެ އިތުރުން، ލޭ މައްޗަށް ދިއުމާއި ކޮލެސްޓްރޯލް މއްޗަށް ދިއުން ދަށްކޮށްދެ އެވެ.
ޕުއޭ ޓީ
މިސައިފަތް އުފައްދަނީ ކެމެލިއާ ސިނެސިސް ގަހުގެ ފަތާއި ތަނޑި ބޭނުންކޮށްގެންނެވެ. މިސައިފަތް އުފެއްދުމަށް މިގަހުގެ ފަތާއި ތަނޑި ފާމެންޓްކުރުމުގެ އިތުރުން ޕްރޮލޯންގްޑް ސްޓޮރޭޖްގައި ވެސް ކުރިއަށްދާއިރު މިއީ ހުރިހާ ވައްތަރެއްގެ ނަފްސާނީ ބަލިތައް ފަސޭހަކޮށްދޭ މާއްދާތައް އެކުލެވިގެންވާ ސައިފަތެކެވެ. އިތުރަށް މިއީ ކޮލެސްޓްރޯލް މައްޗަށްދާ މީހުންގެ ކޮލެސްޓްރޯލް ދަށްކޮށްދިނުމަށް ވެސް އެހީތެރިވެދެ އެވެ.
ފްލޭވާޑް ޓީ
މިއީ އާންމުގޮތެއްގައި ގިނަމީހުން ބޭނުންކުރާ ކަޅު ސައި، ގްރީން ޓީ ނުވަތަ ވައިޓް ޓީ އެވެ. މިވައްތަރު ސައިފަތުގައި ހުންނަ ހަމައެކަނި ތަފާތަކީ ކުރިންމަތީގައި ބަޔާންކޮށްފައިވާ ސައިފަތުގެ ތެރެއަށް އެހެނިހެން ރަހަތައް އެއްކުރުމުވެ. މިސާލަކަށް ފޮނިތޮށި، އެކި ކަހަލަ ބެރީސްއާއި ލެވެންޑާރ ފަދަ ރަހަތައް ހިމެނެ އެވެ. މިވައްތަރުގެ ސައިގައި އެންޓިއޮކްސިޑެންޓްސް ހިމެނެނީ ކަޅު ސައި، ވައިޓް ޓީ އާއި ގްރީން ޓީގައި ހިމެނޭ ވަރަށް ނަމަވެސް ރަހަ އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ފްލޭވާޑް ޓީ ގައި ހިމެނިގެންވ ރަހަ ދޭ މޭވާއެއް ނުވަތަ އެއްޗަކުން ލިބޭ ފައިދާތައް މީގެއިން ލިބޭނެ އެވެ. މިވައްތަރު ސައިފަތްތަކުގައި ހިމެނޭ ފްލޭވާއެއްގެ ރަހަވެސް ސައފަތުގެ ރަހައިގެ އިތުރުން ހިމެނޭއިރު، ފްލޭވާޑް ޓީ ގަވާއިދުން ބޯ މީހުން މިސައި ބުއިން އެންމެ ރަނގަޅި ހަކުރު ނާޅަ އެވެ.
ހާބަލް ޓީ
ހާބަލް ޓީ އަކީ ވެސް އާންމުގޮތެއްގައި ބޭނުންކުރާ ކަޅު ސައި ނުވަތަ ގްރީން ޓީ ސައިފަތުގެ ތެރެއަށް ޑްރައި ފުރުޓާއި މާމެލާމެލި އާއި ހާބްސް އެއްކޮށްގެން އުފައްދާފައި ހުންނަ ސައިފަތެވެ. އެކި ވައްތަރުގެ ހާބަލް އަޅައިގެން އުފައްދާފައި ހުންނަ ސައިފަތް ބާޒާރުން ލިބެން ހުންނައިރު، އެންމެ ގިނައިން ބާޒާރުން ލިބެނީ ކެމޮމިލް ސައިފަތާއި ޕެޕާމިންޓް ސައިފަތެވެ. ޕެޕާމިންޓް ސައިފަތަކީ ރޯގާ ޖެހިގެން ހުންނައިރު ބޯން ވަރަށް ރަނގަޅު ސަޔެކެވެ. އެކި ފްލޭވާގެ ހާބަލް ޓީ ގައި ހިމެނޭ ފައިދާތައް އޭގައި އެކުލެވުގެންވާ އެއްޗަކުން ލިބޭ ފައިދާއާއި އެއްވަރަށް ތަފާތުވާއިރު، ގިނަ ހާބަލް ޓީ އަކީ ސްޓްރެސްއިން ދުރުހެލިކުރުމަށާއި ނިދަން އުނދަގޫވާ ނަމަ ބޯން ރަނގަޅު އެއްޗެކެވެ.