ސްޓެލްކޯ

ރާއްޖެ ކުޅޭ ހުރިހާ މެޗެއް މާޓީވީން ދައްކާނެ

Nov 9, 2021

"މަހިންދަ ރާޖަޕަކްސަ ޓްރޮފީ" ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގެ ގައުމީ ޓީމު ކުޅޭ ހުރިހާ މެޗެއް ސްޓެލްކޯގެ މާޓީވީއިން ދައްކާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ސްޓެލްކޯއިން ބުނީ މި މުބާރާތް އިތުރަށް ފޯރިގަދަ ކުރުމަށްޓަކައި އެ ކުންފުނީގެ ރަސްމީ ފޭސްބުކް ޕޭޖު މެދުވެރިކޮށް ސްކޯ ދިމާކުރާ ފަސް މީހަކަށް ހާއްސަ އިނާމުތަކެއް ދޭ ޕްރޮމޯޝަނެއް ވެސް ފަށައިފައިވާ ކަމަށެވެ.

މި ޕްރޮމޯޝަންގެ ދަށުން ސްކޯ ދިމާކޮށްގެން ކުންފުނީގެ ގްރީންލައިފް ޕްރޮޑަކްޓްސްތަކުގެ ތެރޭގައި ހިމެނޭ ރީޔޫސަބަލް ފުޅިއާއި، ޓޯޓްބޭގުގެ އިތުރުން ކަރުދާސް ކޮތަޅު ހިމެނޭ ގިފްޓް ޕެކެއް ލިބޭނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފަ އެވެ.

މީގެ ކުރިން ވެސް ރާއްޖޭގެ ގައުމީ ޓީމުން ކުޅޭ މެޗުތައް މާޓީވީއިން ދައްކަ އެވެ. މާޓީވީއިން މެޗު ބެލުމަށް އުސްފަސްގަނޑަށް ގިނަ އަދަދެއްގެ މީހުން ޖަމާވެ އެވެ.

"ޕްރައިމް މިނިސްޓަރު މަހިންދަ ރާޖަޕަކްސަ ޓްރޮފީ" މުބާރާތް ރޭ ފެށުމަށް ހަމަޖެހިފައިވީ ނަމަވެސް ލަންކާއަށް ވިއްސާރަވުމުގެ ސަބަބުން މިއަދަށް ވަނީ ފަސްކޮށްފަ އެވެ. އެންމެ ފުރަތަމަ މެޗުގައި ކުޅެނީ ރާއްޖެ-ލަންކާ އެވެ. މިއަދު ހަވީރު ރާއްޖެ ގަޑިން 3:30 ގައި މުބާރާތް ފަށާނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ވިދާޅުވެފަ އެވެ.