ރާއްޖެ ކުޅިވަރު

ޕޮލިސް ބަލިކޮށް މޯލްޑިވިއަން ގައުމީ ފައިނަލަށް

ގައުމީ ވޮލީބޯޅަ ލީގުގެ ޗެމްޕިއަން ޕޮލިސް ކުލަބު 3-2 ސެޓުން ބަލިކޮށް ގައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލަށް މޯލްޑިވިއަން ދަތުރުކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭކޯޓުގައި ރޭ ކުޅުނު މެޗުގައި އެންމެ ފޯރިގަދަވީ ނަތީޖާ ނެރެން ކުޅުނު ފަހު ސެޓުގަ އެވެ. މި ސެޓުގެ ކޮޅު ބަދަލުވިވަގުތު ޕޮލިހުގެ އިންޑިޔާ ކުޅުންތެރިޔާ ޕްރަބާކަރަން ފައުލް ކުރިކަމަށް ރެފްރީ ނިންމުމުން ޕޮލިހުގެ ކުޅުންތެރިން ހިތްހަމަނުޖެހުނެވެ. މި ހިތްހަމަނުޖެހުމުގައި ރީނދޫކާޑަކާއެކު ރަތްކާޑެއް ދައްކައި ޕޮލިހުގެ ހުސައިން ސައީދު (ސެންޑީ) ބެންޗުން ފޮނުވާލި އެވެ.

މި މެޗުން ބަލިވި ނަމަވެސް ގައުމީ ފައިނަލުގެ ފަހު ޖާގަ ހޯދަން ޕޮލިހަށް ފުރުސަތު އެބައޮތެވެ. އެއީ މިރޭ ޕޮލިހާއި ސިފައިން ކުޅޭ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ފަހު ޖާގަ ލިބޭނެތީ އެވެ. މި މެޗުގައި ސިފައިންނަށް ވާދަކުރަން ޖެހުނީ މޯލްޑިވިއަން އާއި ޕޮލިސް އަތުން މި މުބާރާތުގައި ބަލިވެފައިވާތީ އެވެ.

ގައުމީ ފައިނަލް ކުޅޭނީ މި މަހުގެ ނުވަވަނަ ދުވަހުގެ ރޭގަ އެވެ.