އިނގިރޭސިވިލާތުގެ ޖޯން ގްރިންޑަލް ޕެންޝަން އޮފީހުގެ ސީއީއޯ ކަމުން ވަކިކުރުމުން އެ މައްސަލަ ވަޒީފާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅައިފި އެވެ.
ޖޯން އެ މައްސަލަ ހުށަހަޅާފައިވަނީ ސީއީއޯގެ މަގާމުން ވަކިކުރީ ގޯސްކަމަށް އޭނާ ގަބޫލުކުރާތީ އެވެ.
ޖޯން ހުށަހެޅި މައްސަލައާއި ގުޅޭ އަޑުއެހުމެއް މިއަދު މެންދުރުފަހު 12:00 އިރު ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގައި ކުރިއަށް ގެންގޮސްފައިވެ އެވެ.
ޕެންޝަން އޮފީހުގެ ސީއީއޯ ކަމުން ޖޯން ގްރިންޑަލް ވަކިކުރީ މިދިޔަ މަހު 12 ވަނަ ދުވަހު އެވެ.
އޭނާ ވަކިކުރީ ޕެންޝަން އޮފީހުގެ ބޯޑުން ނިންމައިގެންނެވެ. އޭނާ ވަކިކުރީ ސުލޫކީ މައްސަލައަކާއި ގުޅިގެން ކަމަށް ޕެންޝަން އޮފީހުން އޭރު ބުންޏެވެ.
ޕެންޝަން އޮފީހުގެ މުވައްޒަފުންނަށް ޖޯން، ޖިންސީ ފުރައްސާރަ ކުރި ކަމަށް މީގެ މަހެއް ކުރިން ސޯޝަލް މީޑިއާގައި އަޑު ފެތުރުނެވެ. ނަމަވެސް އެކަން ޕެންޝަން އޮފީހުން ދޮގުކުރި އެވެ.
ޕެންޝަން އޮފީހުގެ ސީއީއޯ ކަމަށް ޖޯން އައްޔަން ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރުގަ އެވެ.