ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގައި އައްޑޫއިން މީހަކު މަރުވެއްޖެ

އައްޑޫ ސިޓީގައި ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ މީހަކު މަރުވެއްޖެ އެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ބުނީ މަރުވެފައިވަނީ އުމުރުން 81 އަހަރު ދިވެހި ފިރިހެނެއް ކަމަށެެވެ. އެ މީހާ މަރުވީ މިއަދު މެންދުރު 1:33 ގައެވެ.

މި މަރާއިއެކު ކޮވިޑްގައި ރާއްޖެއިން މަރުވި މީހުންގެ ޖުމްލަ ވަނީ 247 އަށް އިތުރުވެފަ އެވެ. އަދި އައްޑޫން ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 11 އަށް އަރާފަ އެވެ. މިއީ މި މަހުގެ ތެރޭގައި މަރުވި ތިންވަނަ މީހާ އެވެ.

ކޮވިޑް ޖެހޭ މީހުންގެ އަދަދު މިދިޔަ ދުވަސްތަކުގައި މަދުވި ނަމަވެސް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.