ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

360،000 މީހުން ވެކްސިން ފުރިހަމަ ކޮށްފި

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށް ދާއިރު މިހާތަނަށް 360،584 މީހުން ވެކްސިން ފުރިހަމަކޮށްފި އެވެ.

އެޗްޕީއޭ އިން ބުނީ ބުދަ ދުވަހު 423 މީހަކު ދެވަނަ ޑޯޒް ޖަހާފައިވާ ކަމަށެވެ. އެއީ އަތޮޅުތަކުން ވެކްސިން ދިން 175 މީހުންނާއި މާލެ ސަރަހައްދުން ވެކްސިން ދިން 248 މީހުންނެވެ.

މިހާރު ވެސް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން ކުރިއަށް ގެންދެއެވެ. މިހާތަނަށް ރާއްޖެއިން 395،004 މީހަކަށް ފުރަތަމަ ޑޯޒް ދީފައިވެެއެވެ. އަދި 360،584 މީހަކު ވަނީ ވެކްސިން ފުރިހަމަކޮށްފަ އެވެ.

އެޗްޕީއޭއިން ވަނީ ސުކޫލް ކުދިންގެ ވެކްސިން ޕްރޮގްރާމްވެސް ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސްފައެވެ. ސުކޫލު ދަރިވަރުންގެ 40،000 ވުރެ ބޮޑު އާބާދީ ވަނީ ވެކްސިން ފުރިހަމަ ކޮށްފައެވެ.