ޕީޕީއެމް

މިނިވަންކަމުގެ ދިފާއުގައި އިދިކޮޅުގެ ހިނގާލުމެއް

Nov 12, 2021
2

މިނިވަންކަމުގެ ދިފާއުގައި އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން އިންތިޒާމު ކޮށްގެން ބާއްވާ ހިނގާލުން ފަށައިފި އެވެ.

"މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ގެ ނަމުގައި އިދިކޮޅުން ބާއްވާ މި ހިނގާލުން ފަށައިފައި ވަނީ ޕީޕީއެމް އޮފީސް ދޮރުމަތިންނެވެ.

މި ހިނގާލުމުގައި، އައްޑޫގައި ހަދާފައިވާ ޕޮލިސް ޓްރެއިނިން ސްކޫލުގެ މައްޗަށް އިންޑިއާ ސިފައިން އަތް ގަދަ ކޮށްގެން ތިބި ތިބުން ނިމުކަށް ގެނެސް އެތަން އައްޑޫ ރައްޔިތުންނަށް ހޯދައިދިނުމަށް އަންނަނީ ގޮވައިލަމުންނެވެ. ރާއްޖެ އޮތީ އިންޑިއާގެ އަޅުވެތިކަމުގައި ކަމަށާއި ގައުމު މިނިވަންކުރުމަށް އިދިކޮޅު ކޯލިޝަނުން އަންނަނީ ގޮވައިލަމުންނެވެ.

މީގެ އިތުރުން އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ވެސް އަންނަނީ ގޮވާލަމުންނެވެ.

ޕީޕީއެމް އިން ކުރިން ބުނެފައި ވަނީ މި ހިނގާލުން ކުރިއަށް ގެންދާނީ ސުލްހަވެރިކަމާއި އެކީ ފުލުހުން ހުއްދަ ދީފައިވާ މަގުތަކުގައި އެކަނި ކަމަށެވެ. އަދި މި ހިނގާލުމަކީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި މިއީ ގައުމީ ހަރަކާތެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މީގެ ކުރިން ވެސް އިދިކޮޅު ކޯލިޝަނުން ވަނީ ސިލްސިލާކޮށް މިފަދަ ހިނގާލުންތަކެއް ބާއްވައިފަ އެވެ.