ދުނިޔެ

ސީރިއާއާ މެދު އެއްވިސްނުމެއް އޮތުން މުހިންމު: ގަތަރު

ގަތަރުގެ ހާރިޖީ ވަޒީރު މުހައްމަދު ބިން އަބްދުއްރަހްމާން އައްސާނީ ވިދާޅުވި ގޮތުގައި ސީރިޔާއާ މެދު ސަރަހައްދުގައި އެއްވިސްނުމެއް އޮތުން ހިކުމަތްތެރި އެވެ. އޭނާ އަދި ވިދާޅުވީ ގައުމުތައް ވަކިވަކިން ސީރިޔާއާ ގުޅުން ބަދަހި ކުރުމަށް ވުރެ އެއްބައިވަންތަ ކަމަށް ލޯބިކުރަން ޖެހޭ ކަމަށެވެ.

ގަތަރުން މިހެން ބުނެފައި މިވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ހާރިޖީ ވަޒީރު އަބްދުﷲ ބިން ޒައިދު ސީރިޔާއަށް ވަޑައިގެން ވެރިރަށް ދިމިޝްގުގައި އެ ގައުމުގެ ރައީސް ބައްޝާރުލް އަސަދުއާ ބައްދަލު ކުރެއްވުމާ ގުޅިގެންނެވެ.

އައްސާނީ ވިދާޅުވި ގޮތުގައި ދޯހާއިން މިކަމުގައި އެހެން ގައުމުތައް މިސާލަކަށް ނުނަގާނެ އެވެ. އަދި ސީރިޔާއާއެކު ގާތް ގުޅުމެއް ނުބާއްވާނެ އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ބައްޝާރުލް އަސަދާއެކު ގުޅުން ގާއިމުކޮށް އެއްބާރުލުމަކީ ސީރިއާގައި އަނިޔާ ލިބިފައި ތިބި އާންމު ރައްޔިތުންގެ ޒަހަމްތަކަށް ދެވޭ ފަރުވާއެއް ނޫނެވެ. އެމީހުންނަށް އެކަން ވާނީ ވަރަށް ބޮޑު ހިތްދަތި ކަމަކަށެވެ.

"ގަތަރުން ދެކޭ ގޮތް ވަރަށް ސާފު" އައްސާނީ ވިދާޅުވި އެވެ. "އަޅުގަނޑުމެން ދެކެނީ އަސަދާ އެކު ގުޅުން ބަދަހި ކުރުމަކީ އަޅުގަނޑުމެންނަށް މިހާރު ކުރަން ޖެހިފައި އޮތް ކަމެއް ނޫންހެން"

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އަސަދުގެ އަމިއްލަ ރައްޔިތުންނާ ދެކޮޅަށް ހިންގާފައި ހުރި ހުރިހާ ޖަރީމާތަކަކަށް އޭނާ ޖަވާބުދާރީ ކުރުވަން ޖެހޭ،" ސްޓޭޓް ޑިޕާޓްމަންޓްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަލް ތާނީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރަހައްދީ ގައުމުތަގެ ސިޔާސަތަށް ގަތަރު ފާޑެއް ނުކިޔާނެ އެވެ. އެއީ އެގައުމުތަކުގެ އިހުތިޔާރެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް ސަރަހައްދަށް އެންމެ ރަނގަޅުވާނެ ގޮތަކަށް ހުރިހާ ގައުމުތަކުން ވެސް އަމަލު ކުރުން ބުއްދިވެރި ކަމަށް އޭނާ ވިދާޅުވި އެވެ.

ސީރިއާގައި 2011 ހަނގުރާމަ ފެށުނު ފަހުން މެދުއިރުމަތީ އަރަބި ގައުމުތަކުން ގެންގުޅެނީ ބައްޝާރުލް އަސަދަށް ނުރުހުން ފާޅުކުރުމުގެ ސިޔާސަތެކެވެ. އެހެން ނަމަވެސް ޔޫއޭއީގެ ދަތުރާ އެކު އަރަބި އެކުވެރި ގައުމުތަކުން ސީރިޔާއާ މެދު ތަފާތު ގޮތަކަށް ވިސްނާ ކަމަށް ވަނީ ބެލެފިފަ އެވެ.

އެމެރިކާއިން އަބުދާބީއަށް ގޮވާލާފައި ވަނީ ސީރިޔާއާ ގުޅުން ބަދަހިކުރުމުގައި ވިސްނައިގެން އުޅުމަށެވެ. ސީރިއާގައި އެމްބަސީއެއް 2020 ގައި ހުޅުވުމުން ވެސް އެމެރިކާއިން ވަނީ ޔޫއޭއީއަށް ނަސޭހަތްދީފަ އެވެ.

ސީރިއާގެ ރައްޔިތުންނަށް ރަނގަޅު ގޮތެއް ވުމަކީ އުންމީދު ކަމަށް އައްތާނީ ވިދާޅުވި އެވެ. އެހެން ނަމަވެސް އަސަދު މަންޒަރުން ބޭރުވާން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.