ދުނިޔެ

އެމެރިކާގެ ޔަމަން އެމްބަސީއަށް ހޫތީން ވަދެގެންފި

ހޫތީ ހަނގުރާމަވެރިންގެ ގުރޫޕަކުން ޔަމަނުގައި ހުންނަ އެމެރިކާގެ އެމްބަސީއަށް ވަދެ ބަޔަކު ރަހީނު ކޮށްފި އެވެ. ރަހީނުކުރި މީހުންގެ ތެރޭގައި ގިނައީ އެމްބަސީގައި މަސައްކަތްކުރާ ޔަމަންގެ އާންމު ރައްޔިތުންނެވެ.

އެމެރިކާ ހާރިޖިއްޔާގެ އޮފިޝަލަކު ވިދާޅުވި ގޮތުން ރަހީނުކުރި މީހުންގެ ތެރެއިން ގިނަ މީހުން މިހާރު ދޫކޮށްލައިފި އެވެ. އެހެން ނަމަވެސް ހޫތީން އަދިވެސް އެމްބަސީގައި މަސައްކަތްކުރާ ޔަމަން މީހުން ދޫކޮށެއް ނުލަ އެވެ.

ހޫތީ ހަނގުރާމަވެރިން ބުދަ ދުވަހު އެމްބަސީ ގޯތިތެރެއަށް ވަދެގަތީ އެމީހުން ބޭނުންވާ ސާމާނުތަކެއް ހޯދަން ކަމަށް ހަބަރުތައް ބުނެ އެވެ. އެހެން ނަމަވެސް ހަނގުރާމަވެރިންނާ ދެބަސްވި މީހުން ގަދަބާރުން ގެންދިޔައީ އެވެ.

ޔަމަން މިހާރު އޮތީ ހޫތީ ހަނގުރާމަވެރިންނާ ހެދި ވަރަށް ބޮޑަށް ފިތިފަ އެވެ. އީރާނުން މަދަދުވެރިވާ ހޫތީންގެ ވިސްނުން އެކި ފަހަރު ޔަމަންގެ އެކި ސަރަހައްދަށް އަމާޒުކުރަމުން ގެންދާއިރު ޔަމަށް ބޮޑެތި ގެއްލުންތައް ވަނީ ލިބިފަ އެވެ.

ޓްރަމްޕް ސަރުކާރުން ހޫތީންނާ ދެކޮޅަށް އަޅާފައި ހުރި ބައެއް ފިޔަވަޅުތައް ޖޯ ބައިޑަން ނައްތާލެއްވުމާ ގުޅިގެން ވެސް ހޫތިން ވަނީ ހިތްވަރު ލިބިފަ އެވެ. އޭގެ ތެރޭގައި ހޫތީންގެ ބޮލުގައި އަޅުފާފައި އޮތް ޓެރަރިސްޓުްނގެ ތާކިހާ ބައިޑަން ވަނީ ނަންގަވާފަ އެވެެ.

ހޫތީންގެ އަނިޔާވެރި ހަމަލާތަކުގައި ޔަމަންގެ އާންމު ތަންތަން ސުންނާފަތިކޮށްފައި ވާއިރު މަދަނީ އާބާދީތަކަށާއި ސިނާއީ މަރުކަޒުތަކަށް އަދި ނޫސްވެރިންނަށް ވެސް ވަނީ ރޮކެޓް ހަމަލާދީފަ އެވެ. އަދި ހިފެހެއްޓުމެއް ނެތި ސައޫދީއަށް ދެމުން ގެންދާ ޑްރޯން ހަމާތަކުގެ ސަބަބުން ވެސް މުޅި ސަރަހައްދު އޮތީ ނާމާންވެފަ އެވެ.