ދުނިޔެ

އިރާގުގެ ބޮޑުވަޒީރަށް ދިން ހަމަލާއާ އިރާނާ ގުޅުމެއް ނެތް

އިރާގުގެ ބޮޑުވަޒީރު މުސްތަފާ އަލްކަޒީމީ އަވަހާރަކޮށްލުމުގެ ނިޔަތުގައި ބަޔަކު ދިން ހަމަލާއިން އެމަނިކުފާން ވަނީ ސަލާމަތްވެ ވަޑައިގެންފަ އެވެ. ސަލާމަތީ ބާރުތަކުން ބުނާ ގޮތުން ބޮޑުވަޒީރު ގެކޮޅަށް ނޮވެމްބަރު ހަތެއްގައި ހަމަލާދިނީ ދެޑްރޯން ބޭނުންކޮށްގެންނެވެ.

އީރާގު އޮފިޝަލުން ބުނާ ގޮތުން ހަމަލާއާ ގުޅުން ހުރި ގިނަ ހެކިތަކެއް ވަނީ ފެނިފަ އެވެ. އަދި ހަމަދިން ސަރަހައްދު ވެސް ވަނީ ދެނެގަނެވިފަ އެވެ.

އެމެރިކާގެ އަޑުގަދަ ސިޔާސީ މީހުން ގަބޫލުކުރާ ގޮތުގައި ހަމަލާގެ ފަހަތުގައި އޮތީ އީރާން އެވެ. އީރާންއާ މިހަމަލައާ ގުޅުވައި ޚަބަރު އޭޖެންސިތަކަށް ވާހަކަދައްކާ މީހުން އެމެރިކާގައި ވަރަށް ގިނަ އެވެ.

އެމެރިކާއިން އީރާގަށް ކުރިން ކަނޑައަޅާފައި ހުންނެވި އެމްބެސެޑަރު ޑަގްލަސް ސިލިމަން ވިދާޅުވާ ގޮތުގައި ކަޒީމީއަށް ދިން ހަމަލާގެ ފަހަތުގައި އޮތީ ތެހެރާން ކަމަށް ބުނުމަކީ ނާދިރު ކަމެކެވެ.

އެންބީދީ ނިއުސްއަށް ވާހަކަދައްކަވަމުން ސަފީރު ވިދާޅުވި ގޮތުގައި އީރާނުން އެކަހަލަ ކަމެއް ކުރާނެ ކަމަކަށް އެއްގޮތަކަށް ވެސް ނުބެލެވެ އެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ އީރާންއާ އީރާގާ މީގެ ކުރުން ކުރި ހިތި ތަޖުރިބާ އިއާދަކުރަން އީރާނުން ބޭނުން ނުވާނެތީ ކަމަށެވެ.

ޑަގްލަސް ވިދާޅުވި ގޮތުގައި އެއީ އީރާނުން އެފަދަ ކަމެއް ނުކުރާނެ ކަމަށް ދެއްކެން އޮތް ހެއްކަކީ އީރާގު ހަލާކުވެގެން ދިއުމަކީ އިރާނަށް ވެސް ބޮޑު ބިރަކަށް ވުމެވެ. އީރާގަށް ގޮތެއް ވެއްޖެ ނަމަ އެސަރަހައްދު މަތަކުރުމަކީ އީރާނަށް ލާހިކު ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަފީރު ވިދާޅުވި ގޮތުގައި އީރާގުގައި މުޅިން ހަމަޖެހުން ގާއިމުވުމަށް އީރާން ނޭދޭނެ އެވެ. މުޅިން ހަލާކުވާކަށް ވެސް ނޭދޭނެ އެވެ. އީރާންގެ އެދުމަކާށް ވާނީ އެމީހުން ނުފުޒު ފޯރުވޭ ވަރަށް އީރާގު އަމަލުކޮށްފައި ބޭއްވުން ކަމަށް ޑަގްލަސް ވިދާޅުވި އެވެ.

އެމެރިކާގެ ސެކިޔުރިޓީ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެސަރަހައްދުގައި އީރާންގެ ބާރެއް މިހާރަކު ނެތެވެ. ޖެނެރަލް ގާސިމް ސުލައިމާނީ އަވަހާރަކޮށްލި ހާދިސާގައި އީރާނަށް ހަރުދަނާ ފިޔަވަޅެއް އެޅިފައި ނެތުމަކީ އޭގެ ހެއްކެއް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.