ފެނަކަ ކޯޕްރޭޝަން

"ފެނަކަ ބިލް ޕޭ" އެޕް ތައާރަފު ކޮށްފި

Nov 14, 2021

ރައްޔިތުންނަށް ވަގުތުން ކަރަންޓު ބިލު ހަވާލު ކުރުމަށް ފެނަކައިން "ފެނަކަ ބިލް ޕޭ" އެޕްލިކޭޝަން ތައާރަފު ކޮށްފި އެވެ.

މި އެޕް މެދުވެރިކޮށް، ކަރަންޓު ބިލު ހެދުމަށް ގޭބިސީތަކުން ރީޑީން ނެގުމާއި އެކީ ބިލަށް އަރާ ފައިސާގެ މިންވަރާއި ބިލުގެ ތަފްސީލުތައް ކަސްޓަމަރުންނަށް އެނގޭނެ އެވެ. ކަރަންޓު ބިލު ލިބުމާއެކު މި އެޕް މެދުވެރިކޮށް ވަގުތުން ފައިސާ ދެއްކޭނެ އިންތިޒާމް ވެސް ވަނީ ހަމަޖެހިފަ އެވެ.

އަދި ބިލުގައި މައްސަލައެއް އުޅޭނަމަ ވަގުތުން އެކަން ފެނަކައިގެ މުވައްޒަފުންނަށް މި އެޕް މެދުވެރިކޮށް ހުށަހެޅޭނެ އެވެ.

ފެނަކައިން ބުނީ ޔުޓިލިޓީ ހިދުމަތް ފޯރުކޮށްދިނުމުގައި، ހިދުމަތުގެ އަގު ނެގުމަށް މި އެޕް މެދުވެރިކޮށް ތައްޔާރުކުރާ ބިލަކީ ހުރިހާ ގޮތަކުންވެސް ރައްކާތެރި އަދި ފަސޭހަކަން ލިބިގެންދާނެ ބިލުތަކެއް ކަމަށެވެ.

ފެނަކަ އިން ބުނީ މި އެޕްލިކޭޝަން ތައާރަފްކުރުމާއެކު ދެން ލިބޭނެ އެންމެބޮޑު ހިންހަމަޖެހުމަކީ ރީޑިން ޑިވައިސް މެދުވެރިކޮށް ތައްޔާރުކުރާ ބިލުތަކަކީ ތާމަލް ރޯލަށް ޕްރިންޓް ކުރެވޭ ބިލުތަކަކަށް ވުން ކަމަށެވެ.

މީގެ ކުރިން ބިލު ޕްރިންޓް ކުރުމަށް ފެނަކައިން ކުރަމުން އައި ހަރަދު ވެސް ކުޑަވެގެން ދާނެ ކަމަށާއި އަދި ޓެކްނޮލޮޖީގެ ސަބަބުން މުވައްޒަފުންނަށް ވެސް ވަރަށް ފަސޭހަ ވެގެން ދާނެ ކަމަށެވެ.

މި އެޕްލިކޭޝަން ގދ. ފަރެސްމާތޮޑާގައި އިފްތިތާހްކޮށްދެއްވީ ހެލްތް މިނިސްޓަރު އަހުމަދު ނަސީމް އަދި ޕްލޭނުން މިނިސްޓަރު މުހައްމަދު އަސްލަމް އެވެ.