އެމެރިކާގެ އެސިސްޓެންޓް ސެކެޓްރީ ފޯ ސްޓޭޓް އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒް، ޑޮނަލްޑް ލޫ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އެމެރިކާ ސަރުކާރުގެ ސްޓޭޓް ޑިޕާޓްމަންޓުގެ ބަޔާނެއްގައި ބުނީ ލޫ މާދަމާ ރާއްޖެ ވަޑައިގަންނަވާނެ ކަަމަށެވެ.
ލޫގެ މި ދަތުރުފުޅުގައި ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލާއި ސަރުކާރުގެ އިސް ބޭފުޅުންނާއި މަދަނީ ޖަމިއްޔާތަކުގެ ލީޑަރުންނާ ބައްދަލު ކުރައްވާނެ ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ބުނެއެވެ.
ރާއްޖެއަށް ފަހު އަންނަ ބުދަ ދުވަހު ލޫ ނޭޕާލުގެ ކަތަމަންޑޫއަށް ވެސް ވަޑައިގަންނަވާނެ އެވެ. އެ ދަތުރުގައި ނޭޕާލުގެ ބޮޑުވަޒީރު ބަހާދުރު ޑެއުބާ އާއި ސަރުކާރުގެ އިސްވެރިންނާ ބައްދަލު ކުރައްވާނެ އެވެ.
އެމެރިކާ ސަރުކާރުގެ އިސް ބޭފުޅަކު ރާއްޖެ ވަޑައިގަޑައިގަންނަވާ އިރު މިދިޔަ އަހަރު އޮކްޓޫބަރު އޭރު އެމެރިކާގެ އޭރުގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭއޯ ވެސް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންނެވި އެވެ. އެ ދަތުރުފުޅުގައި އެމެރިކާގެ އެމްބަސީއެއް ރާއްޖޭގައި ގާއިމުކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެއްވި އެވެ.