އެމެރިކާ

އެމެރިކާއިން ރާއްޖެއަށް 8.5 މިލިއަން ޑޮލަރުގެ އެހީއެއް

ދައުލަތުގެ މާލިއްޔާ ބެލެހެއްޓުން ހަރުދަނާ ކުރުމަށް އެމެރިކާއިން 8.5 މިލިއަން ޑޮލަރުގެ އެހީއެއް ދޭން އެއްބަސްވެއްޖެ އެވެ.

މި އެއްބަސްވުމުުގައި ސޮއިކުރުމަށް ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެރީނާ އަބްދުލްސަމަދެވެ. އެމެރިކާގެ ފަރާތުން ސޮއި ކުރެއްވީ ޔޫއެސްއޭއައިޑީގެ މިޝަން ޑިރެކްޓަރު ގޭބްރިއެލް ގްރައު އެވެ.

ފޮރިން މިނިސްޓްރީން ބުނީ މި އެހީއާއެކު ދައުލަތުގެ މާލިއްޔަތު ބެހެހެއްޓުން އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށާއި މިއީ ދެ ގައުމުގެ ދެމެދުގައި ވެވޭ ތާރީހީ އެއްބަސްވުމެއް ކަމަށެވެ.

ރާއްޖެއަށް މިއަހަރުގެ މިހާތަނަށް އެމެރިކާއިން ވަނީ އެހީގެ ގޮތުގައި 45.7 މިލިއަން ޑޮލަރު ފޯރުކޮށްދީފަ އެވެ.